އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ. ބާލާސުބްރަމާނިއަމް
އިންޑިއާއިން ރާއްޖެއަށް އާ ހައި ކޮމިޝަނަރެއް ކަނޑައަޅައިފި
މިހާތަނަށް އޭނާ ހުންނެވީ ނައިޖީރިއާ ސަފީރުގެ މަގާމުގައި
25 ނޮވެމްބަރު 2024
އިންޑިއާއިން ރާއްޖެ ކަނޑައަޅާ ހައި ކޮމިޝަނަރުގެ ގޮތުގައި ޖީ. ބާލާސުބްރަމާނިއަމް އައްޔަން ކޮށްފި އެވެ.
މި މަގާމުގައި ކުރިން ހުންނެވީ މުނޫ މަހާވަރެވެ. އޭނާ މަގާމަށް އައްޔަން ކުރީ 2021 ވަނަ އަހަރު އެވެ.
ތަފްސީލް - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނިގޮތުގައި ބާލާސުބްރަމާނިއަމް މިހާތަނަށް ހުންނެވީ ނައިޖީރިއާގެ ސަފީރުގެ ގޮތުގަ އެވެ. އެކަމަކު ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ ގޮތުގައި ހަމަޖެއްސުމާ އެކު، ވަރަށް އަވަހަށް އެ މަގާމު ފުރުއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް