މަޖިލީހުގެ ޖަލްސާއެއްގައި ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ މަޖިލިސް)

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން މިއަދު ހަވީރު ޖަލްސާ ބާއްވަނީ

އެ ޖަލްސާ އޮންނާނީ ހަވީރު 5:30ގައި؛ އެޖެންޑާގައި އޮތީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައި އެ ބިލު ފާސްކުރުން
20 ނޮވެމްބަރު 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އެ ބޭފުޅަކު ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެވަޑައިގެންފި ނަމަ، އެ ބޭފުޅެއްގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލިހަށް ހުށަހެޅި އިސްލާހު ފާސްކުރަން ބާއްވާ ޖަލްސާ މިއަދު ހަވީރަށް އެޖެންޑާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ފަށައި މިއަދު އިބުތިދާއީ ބަހުސް ކުރިއަށް ގެންގޮސް، ބިލު ބަލައިގަނެ، މުޅި މަޖިލިސް ކޮމެޓީ ވެސް މިއަދު ވަނީ ބާއްވާފަ އެވެ.

ތަފްސީލް - އެ ޖަލްސާ ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 5:30 އަށެވެ. އެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ:

  • އެ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައި އެއަށް ބަހުސް ކުރުން

  • އެއަށް ފަހު، ބިލު ފާސްކުރުމަށް ވޯޓަށް އެހުން

ފާހަގަކޮށްލެވޭ - އެ ބިލުގެ ކޮމެޓީ މަރުހަލާގައި މެންބަރުން ވަނީ ބައެއް އިސްލާހުތައް ހުށަހަޅުއްވާފަ އެވެ. މިހާރު ކުރިއަށް ދަނީ އެ އިސްލާހުތަކަށް ވޯޓު ނެގުމުގެ މަސައްކަތެވެ.

މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތް ޕީއެންސީން ނިންމާފައި ވަނީ، މިއަދުން މިއަދަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. އެހެންކަމުން، މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފަހު މިއަދު އިތުރު ޖަލްސާއެއް ބާއްވާން ޖެހޭނެ އެވެ.

އެނގުން މުހިންމު - މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ:

  • އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން

  • އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން

  • އިންތިހާބުވި ޕާޓީން ވަކިވުން

  • ޕާޓީން އެ މީހަކު ވަކިކުރުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް