އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ފައިލް ފޮޓޯ/ އެމްޑީޕީ)
ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލުމަކީ ރައްޔިތުންގެ ފަޅީގައި ހުރުމެއް ނޫން: ޝާހިދު
ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން އެމްއެމްއޭއިން ހެދި ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ގިނަ އަދަދެއްގެ ރިސޯޓްތަކުން ބުނަމުން ދަނިކޮށް، އެ އިންޑަސްޓްރީ "ފުނޑާލަން" މަސައްކަތް ކުރުމަކީ ރައްޔިތުންގެ ފަޅީގައި އޮތުމެއް ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރައީސް މުހައްމަދު މުއިއްޒުއަށް ރައްދުދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެމްއެމްއޭއިން 1 އޮކްޓޯބަރު 2024ގައި ތަންފީޒުކުރަން ފެށި ގަވާއިދުގައި އޭ ކެޓެގަރީގައި ހިމެނޭ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ބީ ކެޓެގަރީގައި ހިމެނޭ 50 ކޮޓަރިއަށް ވުރެ މަދު ގެސްޓްހައުސްތަކުން ބޮލަކަށް 25 ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރަން ޖެހެ އެވެ.
އެ ގަވައިދާ ދެކޮޅުކަން 50އަށް ވުރެ ގިނަ ރިސޯޓުން ހާމަކޮށް އެމްއެމްއޭއަށް ވަނީ ސިޓީ ފޮނުވާފަ އެވެ. އަދި އެ މައްސަލަ ފެންމަތިވި ދަނޑިވަޅުގައި ރައީސް މުއިއްޒު ވަނީ މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް އެކްސްގައި ވިދާޅުވެފަ އެވެ.
ތަފްސީލް - އެކަމާ ގުޅޭގޮތުން ޝާހިދު އެކްސްގައި ވިދާޅުވީ އެފަދަ ނިންމުންތަކުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ސިޔާސީ މަންފާއެއް ލިބުނަސް އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި:
-
އެމްއެމްއޭގެ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ ކަމާބެހޭ ފަރާތްތަކާ އެކު އެންމެ އެދެވޭ ގޮތަށް މަޝްވަރާކުރުމެއް ނެތި
-
އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ސީރިއަސް ގެއްލުންތަކެއް ލިބި ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ
-
މިފަދަ ނިންމުންތައް ނިންމަންވާނީ ވަރަށް ބޮޑަށް ބަލައި ދިރާސާކޮށް ޕްލޭންކޮށްގެން ވިޔަފާރިތަކަށް ގެއްލުން ނުވާނޭ ގޮތަކަށް
-
އެކަމާ ގުޅޭގޮތުން އަލުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގޮތެއް ނިންމަން ޝާހިދު ގޮވާލެއްވި
The Government's move to amend @MMA_Maldives Regulation on Foreign Currency and Money Changer Regulation without adequate consultation with relevant stakeholders' risks inflicting serious harm on the economy, especially the largest industry in the #Maldives - Tourism.
— Abdulla Shahid (@abdulla_shahid) November 15, 2024
Businesses…
ކޮމެންޓް (1)
އެދުރު