އާދަމް ހުސެއިން: ރަހީނުކުރި މައްސަލާގައި އޭނާ ވެސް ބައިވެރިވާ ކަމަށް ފުލުހުން ބުނޭ

ފުލުހުން

ހިޔާ ފްެލެޓްގައި މީހަކު ރަހީނުކުރި މައްސަލައިގައި ގޭގެ ވެރިފަރާތް ވެސް ބައިވެރިވޭ: ފުލުހުން

މަސްތުވާތަކެއްޗާ ގުޅުން ހުރި ފައިސާގެ މައްސަލައެއްގައި އެމީހާ ރަހީނުކޮށް ފުލުހުން ވަން އިރު ތައްޔާރުވެފައި ވަނީ އިނގިލިތައް ބުރިކޮށްލަން
14 ނޮވެމްބަރު 2024

ހިޔާ ފްލެޓެއްގައި ގްރޫޕަކުން ދިވެހި ފިރިހެނަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ގޭގެ ވެރިފަރާތް ވެސް ހިމެނޭ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ -  އެކަން ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން އެ ޕާޓްމެންޓަށް ވަންއިރު، 30 އަހަރުގެ ފިރިހެން މީހާ އިނީ އެތަނުގެ ބެލްކަނި ކައިރީގައި ބައިންދައިފަ އެވެ. އޭރު އޭނާގެ ބޯ ކޮށާލައި، ތުނބުޅި މަތިމަސް ވެސް ހުރީ ބާލައިފަ އެވެ. އަދި ތައްޔާރުވަމުން ދިޔައީ އޭނާގެ އިނގިލިތައް ބުރިކޮށްލަން ކަމަށް ފުލުހުން ބުންޏެވެ. 

އޭރު އެޕާޓްމެންޓް ތެރޭގައި އުޅުނު 12 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެތަނުގެ ވެރިމީހާ ކަމަށްވާ އާދަމް ހުސެއިން، 48، ޖަމީލާ މަންޒިލް، ލ. މާވަށް ވެސް ހިމެނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެ އޮޕަރޭޝަނުގެ ތަފްސީލު އާއްމުކޮށްފަ އެވެ. އެތަނުން ބުނި ގޮތުގައި.

  • ފުލުހުންނަށް ފުރަތަމަ މައުލޫމާތު ލިބުނީ ހިޔާ ފްލެޓް ޓަވަރެއްގައި މީހަކު ރަހީނުކޮށްފައި އިން ކަމަށް. އެއީ ކޮން ޓަވަރެއްކަމާއި، ކޮން ފަންގިފިލާއެއް ކަމެއް ނޭނގޭ.

  • އެ ހުރިހާ މައުލޫމާތެއް ހޯދައިގެން، ފުލުހުން 40 މިނިޓްގެ ތެރޭގައި ކުށުގެ ވެއްޓަށް ދިޔަ

  • އޭރު ރަހީނުކުރި މީހާ އިނީ ބެލްކަނި ކައިރީ ތަޅުންގަނޑު މަތީގައި ބޯ ވެސް ކޮށާލަފައި

  • ކައިރީގައި ކަތުރަކާއި ޓްރިމަރެއް އޮތް

  • އެ މީހާ އިނީ ބިރުގަނެ، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި 

ފުލުހުން ތުހުމަތުކުރަނީ އެޕާޓްމެންޓް ތެރޭގައި އުޅުނު 12 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެކަމަކު އެޕާޓްމެންޓްގެ ވެރިފަރާތް، އާދަމް ހުސައިން ފިޔަވައި އެހެން އެކަކު ވެސް، ޔޫރިން ދޭކަށް އެއްބަހެއް ނުވެ އެވެ. އާދަމް ހުސެއިންގެ ޔޫރިން ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯތަކާއި ވަނަވަރު (ފޮޓޯ/ ޕޮލިސް)

ހިޔާ ފްލެޓްގެ ތެރެއިން ބަނގުރަލާއި މަސްތުވާތަކެއްޗާއި ވަޅި އާއި ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ފެނިފަ އެވެ.

އެޕާޓްމެންޓުގެ ވެރިފަރާތުގެ އިތުރުން ދެން އެތަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ:

  • އަލްމަން އަލީ ހާލިދު، 22، ގދ.ވާދޫ/ވެހި

  • މުހައްމަދު އިޒްކާން، 18، މ. ހަތިކަނޑު

  • އިޒާން އަހުމަދު، 18، ޒުނައިޓްވިލާ/ކ. ގުރައިދޫ

  • އަހުމަދު ޒާހިދު، 36، ދަންމަރު/ ށ.ފޯކައިދޫ

  • އިބްރާހީމް ނަޝީދު، 34، ހިޔާލީގުލްޝަން/ލ.އިސްދޫ

  • އަހުމަދު ސަމީހު، 22، ނައިޓްސްޓާ/ބ.ގޮއިދޫ

  • އިސްމާއީލް ވިޝާމް މުހައްމަދު، 29، ވ. ގާމާ

  • ވިޝާމް މުހައްމަދު، 23، ޗިޗަންޑާގެ/ގދ.ވާދޫ

  • ވިސާން މުހައްމަދު، ހިޔާ 03-17-14/ހުޅުމާލެ

  • މުޝްތާގު ޝާކިރު، 37، ޖަނަވަރީގެ/ގދ.ވާދޫ

  • ހަސަން ގާލިބު، 38، އާރެސް/މ.ކޮޅުފުށި

ފުލުހުން ބުނިގޮތުގައި މި އެޕާޓްމެންޓަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި ފުލުހުން ފާސްކުރި ތަނެކެވެ.

ބޮޑު ގުރޫޕަކުން މީހާ ރަހީނުކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ފައިސާގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެ އެވެ. ރަހީނުކުރި މީހާއާ އެ ގްރޫޕާ ގުޅުން އޮވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް