ހައްޔަރުކުރި ޒައިދާން. (ފޮޓޯ/ޕޮލިސް)

ކުށްކުރުން

ބްލެކްމެއިލް މައްސަލައެއްގައި މަތިވެރިން ފުލުހަކު ހައްޔަރުކޮށްފި

އޭނާ ހައްޔަރުކުރީ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ލީކުކޮށްލާނެ ކަމަށް ބިރު ދައްކައި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނޭ
14 ނޮވެމްބަރު 2024

އއ. މަތިވެރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހެއް، ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، ހައްޔަރުކޮށްފައިވަނީ ޒައިދާން މުހައްމަދު، ފަޒާ/އއ. މަތިވެރި އެވެ. އޭނާއަކީ އުމުރުން 19 އަހަރުގެ ރެކްރޫޓު ފުލުހެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި:

  • ޒައިދާން ހައްޔަރުކުރީ، އޭނާގެ ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާއަށް ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދެއްކުމުގެ ތުހުމަތުގައި

  • އޭނާ ހައްޔަރުކުރީ އިއްޔެ

  • ހައްޔަރުގެ މުއްދަތު ތިން ދުވަހަށް އިތުރު ކުރުމަށް މަތިވެރީ ކޯޓުން އިއްޔެ މުއްދަތު ޖަހާފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް