ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު. (ފޮޓޯ/ރައީސް އޮފީސް)
މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރަމަށް ދަ ނޭޗާ ކޮންސާވަންސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުމަށާއި އިގްތިސާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމުގެ މަގްސަދުގައި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ބައިނައަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، ދަ ނޭޗާ ކޮންސާވަންސީ (ޓީއެންސީ)އާ އެކު ރާއްޖޭން ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އަޒަަރުބައިޖާންގައި މިހާރު ކުރިއަށްދާ ބައިނަލްގުވާމީ ތިމާވެއްޓާ ބެހޭ ކޮޕް ސަމިޓްގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލު- އެ ރަމިސްޔާތުގައި ރާއްޖޭގައި ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި ޓީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގްލޯބަލް ޑިރެކްޓަރު މިސް މެލިސާ ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ:
-
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ޓީއެންސީއާ އެކު ގާއިމް ކުރާ ޕާޓްނަޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަތަލަކާ ދިމާލަށް އެޅޭ ފިޔަވަޅެއް
-
ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިން ހޯދުން ރާއްޖޭގެ ކުރި އެރުމަށް ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި
-
ކާބަން ފައިނޭންސްސިން އާއި ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތަކާ އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ އެކު އިގްތިސާދު ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލައްވާފައިވޭ
"މި ޕާޓްނާޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިން ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަށާއި ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށެވެ،" ފިނޭންސްގެ ބަޔާނުގައިވެ އެވެ.
މި ފަހުމުނާމާ އެކު ކުރެވޭ މަސައްކަތުގެ އަލީގައި ރާއްޖޭގެ މެދު ރާސްތާގެ މާލީ ހާލަތާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ނޫސްބަޔާން - މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއެކު އިޤުތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް، ދިވެހި ސަރުކާރާއި ދަ ނޭޗަރ ކޮންސަރވަންސީ (ޓީ.އެން.ސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި pic.twitter.com/ewLsUFVBUA
— Ministry of Finance (@MoFmv) November 13, 2024
ޓިއެންސީ:
-
މި ޖަމިއްޔާ އުފެއްދީ 1951ގައި
-
ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާ ކުރަމުން ގެންދޭ
-
ވެށި ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ކުރިއެރުވުމަށް 70އަށް ވުރެ ގިނަ ގައުމުތަކުގައި ދަނީ މަސައްކަތް ކުރަމުން
-
ތިމާވެއްޓާ ރަށްޓެހި ގްރީން ފައިނޭންސިންގެ އެހީގައި ބައެއް ގައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މުއާމަލާތްތަކުގައި ކާމިޔާބުކަމާ އެކު މަސައްކަތްކޮށްފައިވޭ؛ އޭގެ ތެރޭގައި ގެބޮން، ބެލީޒް، ބާބަޑޮސް އަދި ސޭޝަލްސް ހިމެނޭ
ކޮމެންޓް