8 ނޮވެމްބަރު 2024: ހިޔާ ޓަވަރު 9ގައި މީހަކު ރަހީނުކުރި އެޕާޓްމަންޓު. މިއީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މުއްސަލަތަކުގައި ފުލުހުން ބަލައިފާސްކޮށްފައިވާ އެޕާޓްމަންޓެއް. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ގޭންގު ކުށްތައް

ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 5 މީހަކު 5 ދުވަހަށް، 7 މީހަކު 7 ދުވަހަށް ބަންދުކޮށްފި

ހިޔާ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން ވަދެ ސަލާމަތްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ
9 ނޮވެމްބަރު 2024
1

ހިޔާ ފްލެޓެއްގައި ގްރޫޕަކުން ދިވެހި ފިރިހެނަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން ވަދެ ހައްޔަރުކުރި 12 މީހުންގެ ބަންދު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިޔާ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ.  

ތަފްސީލް - ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ފަސް މީހެއްގެ ބަންދަށް ފަސް ދުވަސް ދިން ކަމަށެވެ. ބާކީ ހަތް މީހުންގެ ބަންދަށް ދިނީ ހަތް ދުވަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ފަރިތަ ފްލެޓެއް؛ ދެން އޮތީ ދައުލަތަށް ނެގުން

ހޯމް މިިނިސްޓަރު އަލީ އިހުސާން 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެއީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ބަލައިފާސްކޮށްފައިވާ ފްލެޓެކެވެ.

"މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ކަމަށް ފުލުހުންނަށް ފާހަގަވެފައި އޮތް ތަނެއް އެއީ. މީގެ ކުރިން ހަތަރު ވަރަކަށް ފަހަރު ރެއިޑްކުރި ވެސް ކުރި،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުށުގެ އަމަލުތައް ހިންގާ މިފަދަ ތަންތަނާ މެދު އަމަލުކުރާނެ ގޮތްތައް ކަނޑައަޅަން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުގައި ހިމަނާފައިވާނެ ކަމަށެވެ.

މިހާރު ވެސް އެޗުޑީސީއިން އެޕާޓްމަންޓުތައް ދޫކުރާއިރު ހަދާ އެއްބަސްވުމުގައި ގާނޫނާ ހިލާފު އެފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެޕާޓްމަންޓުގެ ވެރިފަރާތަށް [މިފަދަ ކަމެއް ހިނގާކަން[ އަންގާފައި، އެކަން ތަކުރާރުވަމުންދާ ނަމަ ވަކި ޕްރޮސެސްއެއްގެ ތެރެއިން އަޅުގަނޑުމެން އެކަން ކުރާނީ،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް (1)

ސައީދު

9 ނޮވެމްބަރު 2024
ތިބުނާ ހުރިހާ ޕްރޮސެސް އެއް މިހާރު އޮންނާނި ނިމިފަ. ދެން ދޫކޮށްލާ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް