މާފަންނު ޕޮލިސް ސްޓޭޝަން: ސިލްސިލާ މާރާމާރީތަކަކާ ގުޅިގެން ހަތަރު މީހަކު ވަނީ ބަންދުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މާލޭގައި ސިލްސިލާ މާރާމާރީތަކެއް؛ 5 ޒުވާނަކު ބަންދުކޮށްފި
މާލޭގައި ސިލްސިލާކޮށް ހިންގަމުން ދިޔަ މާރާމަރީތަކަކާ ގުޅިގެން ހަތަރު ޒުވާނަކު ހައްޔަރުކޮށް، އިއްޔެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައާ ގުޅިގެން، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 21 އަހަރާއި 23 އަހަރުގެ ހަތަރު ދިވެހި ފިރިހެނުންނެވެ. އެއީ:
-
21 އަހަރުގެ ދެ މީހެއް
-
22 އަހަރުގެ އެކަކު
-
23 އަހަރުގެ އަކަކު
ތަފްސީލު - އެ ހަތަރު މީހުން ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމަށް ގެންގޮސްފައި ވަނީ، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް އޭގެ ފަހުން ގެނައީ ދޫނިދޫ ޖަލަށެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް އޭގެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ އދ. އަތޮޅުގެ ރަށަކުން ނުވަތަ އެ ސަރަހައްދުގެ ކަނޑުމަތިންނެވެ.
އެ ހަތަރު މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:
-
މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ "ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީގެ ކުށްތަކެއްގައި" ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވޭ
-
ފުލުހުން ކޯޓަށް ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި މިއީ ކޮން ސަބަބަކާ ހުރެ ފެށުނު މާރާމާރީއެއްކަމާއި މީގައި ބައިވެރިވާ މީހުންގެ ތަފްސީލުތައް ބަޔާކޮށްފައިވޭ؛ ނަމަވެސް ކޯޓު އަމުރުގައި އެ ތަފްސީލުތައް ހިމަނާފައެއް ނުވޭ
-
މާރާމާރީގައި މީހަކަށް/ބަޔަކަށް ޖިސްމާނީ އަނިޔާ ދީފައިވޭ އަދި އެކަމުގެ ހެކި ވެސް ކޯޓަށް ހުށަހަޅާފައިވޭ
-
އެ ހަތަރު މީހުންގެ ވެސް ސީދާ ބައިވެރިވުން މާރާމާރީގައި އޮތް ކަމަށް ފުލުހުން ތުހުމަތު ކުރޭ
-
އެ އެންމެންނަކީ ވެސް މީގެ ކުރިން އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުން
މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވަނީ އެ ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކުރައްވައިފަ އެވެ.
ސިލްސިލާ މާރާމާރީތަކާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް