ރައީސް މުއިއްޒު ހިޔާވަހި ލުއި ލޯން ސްކީމް މިއަދު އިފްތިތާހުކޮށްދެއްވަނީ: މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުން (ފޮޓޯ/ރައީސް އޮފީސް)
5% އިންޓަރެސްޓުގައި ގެ ހަދަން ލުއި ލޯނު ލިބޭ ހިޔާވަހި ސްކީމް ފަށައިފި
ގެދޮރު އިމާރާތް ކުރަން ކުޑަ އިންޓަރެސްޓެއްގައި ލުއި ލޯން ދޫކުރާ ޕްރޮގްރާމެއް ސަރުކާރުން މިއަދު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމަށް ލުއި ގޮތެއްގައި ލޯނު ލިބޭނޭ ގޮތެއް ހަމަޖެއްސުމުގެ ވައުދުގެ ދަށުން، 'ހިޔާވަހި' ލޯން ސްކީމް އިފްތިތާހުކޮށްފައި ވަނީ އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހަފްލާއެއްގަ އެވެ.
ތަފްސީލް - ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތް އިފްތިތާހުކޮށްދެއްވި އެ ލޯން ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
1. ހިޔާވަހި ރަށްވެހި - މި ލޯން ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް ހަމަ އެކަނި އަތޮޅު ތެރޭގެ ރަށްރަށުގައި ގެ ހަދަން. އެގޮތުން މި ލޯނަށް:
-
އިކުއިޓީއެއް ދައްކާކަށް ނުޖެހޭ؛ ނަމަވެސް މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ބަންޑާރަ ގޯތި މިލްކުކުރަން ފީއެއް ދައްކަން ޖެހޭނެ
-
25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައި
2. ހިޔާވަހި ސަހަރު - މިއީ އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ދޫކުރާ ލޯނެއް. އެގޮތުން:
-
މި ލޯނަށް ޖުމްލަ ދޫކުރާނީ 3 މިލިއަން ރުފިޔާ
-
މި ލޯނުގެ އިންޓަރެސްޓަކީ %5؛ އަނބުރާ ދައްކަން 25 އަހަރު ލިބޭނެ
ގިނަ ގުނަ އާއިލާތަކަށް ބޯހިޔާވަހިކަން ލިބި މިކަމުން އުފާވެރިކަން ގެނެސްދޭނެ. ދަތިހާލަތުގައި އުޅޭ އެތައް ފަރާތަކަށް އެހީތެރިކަން ލިބޭނެ
3. ހިޔާވަހި ފުރަމާލެ - މިއީ މާލޭ ސަރަހައްދުގައި ގެދޮރު ހަދަން ހާއްސަކޮށް ދޫކުރާ ލޯނެއް. އެގޮތުން:
-
6 މިލިއަން ރުފިޔާ ދޫކުރާނެ
-
އިކުއިޓީއަށް 10% ނަގާނެ
-
5% އިންޓަރެސްޓްގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް
-
600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް މި ސްކީމުން ލޯނު ކުރާނެ
-
އެގޮތަށް ދޫކުރާ ލޯނުގައި 6 މިލިއަން ރުފިޔާގެ އިތުރަށް އިތުރުކުރާ ކޮންމެ ބިމަކަށް 1 މިލިއަން ރުފިޔާ ލިބޭނެ؛ މިގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާ
ފާހަގަކޮށްލެވޭ - ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެ ހަފްލާގައި ވިދާޅުވީ ގެ އަޅަން ހުޅުވާލި ލޯނަށް އެދޭ ފަރާތަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް ފަދަ ބޯހިޔާވަހިކަމެއް ހުރި ފަރާތަކަށް ވެގެން ނުވާނޭ ކަމަށެވެ. އަދި މި ލޯނު ދޫކުރާނީ ފުރަތަމަ ބޯހިޔާވަހިކަމެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހަފްތާ ނިމުމުގެ ކުރިން މިކަމާއި ގުޅޭ އުސޫލުތަކާއި ގަވައިދުތައް އަދި ޝަރުތުތައް އަޅުގަނޑުމެން ގެޒެޓްކުރާނަން،" ހައިދަރު ވިދާޅުވި އެވެ.
Hiyaavehi Financing Program offering low-interest loan schemes at a 5% rate. This program provides financing of MVR 1 million for local islands, MVR 3 million for urban centers, and MVR 6 million for the Greater Male'. pic.twitter.com/2fXPVEkL95
— Ministry of Housing, Land and Urban Development (@MHLUDmv) November 5, 2024
ތަފްސީލް - އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހައިދަރު އިތުރަށް ވިދާޅުވީ މި ސްކީމްގެ ސަބަބުން ބޯހިޔާވަހިކަމެއް ހޯދަން ހުރަސް އެޅިފައިވާ އެތައް އާއިލާއަކަށް މިކަމުން ފުރުސަތު ހުޅުވިގެން ދާނޭ ކަމަށެވެ. އަދި މިއީ ފުރަތަމަ ބޯހިޔާވަހިކަމެއް ހޯދަން އެތައް އާއިލާއަކަށް ދެވޭ އުންމިދެއްް ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.
"ގިނަ ގުނަ އާއިލާތަކަށް ބޯހިޔާވަހިކަން ލިބި މިކަމުން އުފާވެރިކަން ގެނެސްދޭނެ. ދަތިހާލަތުގައި އުޅޭ އެތައް ފަރާތަކަށް އެހީތެރިކަން ލިބޭނެ،" ހައިދަރު ވިދާޅުވި އެވެ.
މި ލޯން ސްކީމްގެ ދަށުން އަލަށް ގެދޮރު ހެދުމުގެ އިތުރަށް ހަދަން ފަށާ ނުނިމި ހުރި ގޭގެ ނިންމަން ވެސް އަދި ބާވެ އަލުން ހަދަން ޖެހޭ ގޭގެ ހަދަން ވެސް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ.
މި ލޯނަށް ކުރިމަތިލާން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މާދަމާއިން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ.
ކޮމެންޓް (2)
ނަންނި
ހަސަންބަރުބަރީ