މުސާ އަލީ ޖަލީލު: އޭނާއަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވުމަށް ރައީސް ވަނީ ނިންމަވާފައި

ރައީސް އޮފީސް

ކުރީގެ ޑިފެންސް މިނިސްޓަރު މުސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވަނީ

މި އިއްޒަތް އޭނާއަށް އެރުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ އޮންނަ ނަސްރުގެ ދުވަހުގެ ޖަލްސާގައި

ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުސާބަތުގައި މި އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސް ނިންމަވާފައިވާކަން މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ބުނެފަ އެވެ.

ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު މިގޮތަށް  ނިންމެވެވީ، މޫސާ އަލީ އަލީ ޖަލީލު ގައުމަށާއި ރައްތިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުމަށް އޭނާ ކުރެއްވި މަސައްކަތް ފާހަގަކޮށްފައިވެ އެވެ.

"ހާއްސަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން،" ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ރައީސް މިގޮތަށް ނިންމެވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި އިއްޒަތުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި އިއްޒަތް މުސާ އަލީ ޖަލީލަށް އަރެވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:30ގައި ދަރުބާރުގޭގައި އޮންނަ ރަސްމީ ޖަލްސާގަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެ ވަނަ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލު، އެ މަގާމުން ވަކިކޮށްފައި ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް 2015ގައި ރިޔާސީ ލޯންޗު، ފިނިފެންމާ ގޮއްވާލި ހަދިސާއާ ގުޅިގެންނެވެ.

ކޮމެންޓް (1)

ހައްވޭ

2 ނޮވެމްބަރު 2024
އިޙުތިރާމު ކުރެވުނު ބޭފުޅެއް. އެކަމަކު ޔާމީން ވެރިކަމުގަ ބްރޯމެންނާ އެކު ސައިކަލުތަކުގަ "ޒުވާނުން" ގޮވައިގެން ބުރު ޖެހި ދުވަހު އެ އިޙުތިރާމު މުޅިން ގެއްލިއްޖެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް