ޕީއެސްއެމް އިމާރާތް. (ފޮޓޯ/ސޯޝަލް މީޑިއާ)
އެމްއެމްސީއިން ޕީއެސްއެމްގެ 'ތަސައްވުރު ގެއްލުވައިލި' މައްސަލައެއް މަޖިލީހަށް
ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފްލާ އިންތިޒާމުކުރި ފަރާތުން ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލައެއް ބަލައިދިނުމަށް ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ތަފްސީލު - ޕީއެސްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެވޯޑު ލިބޭ ކެޓަގަރީތަކާއި ނޮމިނޭޓުވާ ފަރާތްތައް އެމްއެމްސީއަށް ދުރާލައި އެނގޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި:
-
އެވޯޑް ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓުވެފައިވާ ފަރާތްތަކާއި އެވޯޑް ލިބޭ ފަރާތްތައް ދުރާލައި މޯލްޑިވްސް މީޑިއާ ކައުންސިލަށާއި އެ ކައުންސިލްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޕީއެސްއެމްއިން ގަބޫލުކުރޭ
-
ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ؛ ނަމަވެސް ފާހަގަކުރި ވީޑިއޯ އެ ހަފްލާގައި ދެއްކީ ކުރިން އެންގުމަކާ ނުލައި
-
އެމްއެމްސީއިން އެގޮތަށް އަމަލުކުރީ ގަސްތުގައި، ދުރާލާ ރާވައިގެން ކަމަށް ޕީއެސްއެމްއިން ދެކޭ؛ އަދި އެކަން ހަރުކަށި އިބާރާތުން އެ ކުންފުނިން ވަނީ ކުށްވެރިކޮށްފައި
ބުނީ ކީކޭ؟ - "މިކަމަކީ ޕީއެސްއެމްއަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ އަމަލެއް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލަކީ ގާނޫނަކުން އުފެދިފައިވާ ކައުންސިލަކަށް ވާތީ އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާ އެކީ އަދާކުރުމަށާއި އެންމެހާ ފަރާތްތަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އިލްތިމާސްކުރަމެވެ."
ޕީއެސްއެމްގެ ތަސައްވުރު ރައްޔިތުން ކުރިމަތީގައި ގެއްލޭފަދަ އަމަލެއް އެމްއެމްސީއިން ހިންގާފައިވާ ކަމަށް ބުނެ އެ ކުންފުނިން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ގުޅުންހުރި ކަމެއް - އެ ވީޑިއޯގެ މައްސަލައިގައި އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ ވަޒީފާއިން މިއަދުގެ ވަގުތެއްގައި ވަނީ ވަކިކޮށްފަ އެވެ.
އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މުސްތަފާ ވަކިކުރަން ޕީއެސްއެމްގެ ބޯޑުން ނިންމީ ނޫސްވެރިންގެ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ އޭނާ ނަންގަވަންޖެހޭނެ ކަމަށް ނިންމުމަށްފަހު އެވެ.
ކޮމެންޓް (3)
ބަލޫކިސްތާން
ބޮޓޭކޯ ފަލާހު
ހައްބުރޭ