އެމްއެމްސީގެ ރައީސް އަދި ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރު އަހްމަދު މުސްތަފާ. (ފޮޓޯ/އެމްއެމްސީ)

އެމްއެމްސީގެ ރައީސް މުސްތަފާ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފި

މުސްތަފާ ވަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޕީއެސްއެމްގައި ހިދުމަތް ކުރައްވާފައި. ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި
31 އޮކްޓޯބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އޭނާ ވަކިކޮށްފި އެވެ.

ތަފްސީލު - މުސްތަފާ ޕީއެސްއެމްގައި އަދާކުރަމުންއައި ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ ވަޒީފާއިން މިއަދުގެ ވަގުތެއްގައި ވަކިކުރިކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. ޕީއެސްއެމްގެ ބޯޑުން އޭނާ ވަކިކުރީ، ރޭ ބޭއްވި 11 ވަނަ ނޫސްވެރިންގެ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ އޭނާ ނަންގަވަންޖެހޭނެ ކަމަށް ބުނުމަށްފަހު ކަމަށް، އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ބަހެއް ނުލިބެ އެވެ.

އެނގުން މުހިންމު - ރޭ ބޭއްވި އެމްއެމްސީގެ 11 ވަނަ އެވޯޑު ހަފްލާގައި ދެއްކި  ވީޑިއޯއެއްގެ މައްސަލައަކާ ގުޅިގެން ޕީއެސްއެމްއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ:

  • ޕީއެސްއެމްއިން ވަގުތުން ދައްކަމުންދިޔަ އެ އެވޯޑު ހަފްލާ އިންތިޒާމުކުރި ފަރާތުން ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދެއްކި

  • އެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ޙަފްލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖްތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭ؛ ނަމަވެސް ފާހަގަކުރި ވީޑިއޯ އެ ހަފްލާގައި ދެއްކީ ކުރިން އެންގުމަކާ ނުލައި 

ޕީއެސްއެމްއިން ތުހުމަތުކުރާ ގޮތުގައި މިއީ އެމްއެމްސީއިން ދުރާލާ ރާވައިގެން ގަސްތުގައި ކުރި ކަމެކެވެ. އަދި އެކަން ކުށްވެރިކޮށް، ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭފަދަ އަމަލެއް އެމްއެމްސީއިން ހިންގާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް