މެކްސިކޯ ސަފީރު، 'މިސް ޔުނިވާސް' އެވޯޑުގައި ބައިވެރިވާ މަރިޔަމް ސައިނާ ނަސީމްއާ އެކު. (ފޮޓޯ/މެކްސިކޯ އެމްބަސީ)
'މިސް ޔުނިވާސް'ގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވުން ކުށްވެރިކުރަން: ސަރުކާރު
މެކްސިކޯގައި މި އަހަރު ބާއްވާ 'މިސް ޔުނިވާސް' ރީތީގެ މުބާރާތުގައި، ރާއްޖެ ތަމްސީލުކޮށް ދިވެއްސަކު ބައިވެރިވުން ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވާ ރީތީގެ މުބާރާތުގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. މި ކަމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް ބައެއް ނޫސްތަކުން ހަބަރު ފަތުރާ ކަމަށް ބުނެ، ޔޫތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - އޭގެ ސަބަބެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކޮށްފައިވަނީ:
-
ދިވެހިންގެ ދީނާއި އަގީދާ އަދި ސަގާފަތާ ނުގުޅޭ ކަމަކަށްވުން
-
ދިވެހިން ގަބޫލުކުރާ އާއްމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފު ކަމަކަށްވުން
ސަރުކާރުން ވަނީ މިސް ޔުނިވާސްއަށް ދިވެއްސަކު ފޮނުވި ފަރާތުން އެ އިންތިޒާމު ހުއްޓާލުމަށް ގޮވާލައިފަ އެވެ.
"ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ،" އެކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުން ހުރި - އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން އިއްޔެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ، މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ބައިވެރިވި މަރިޔަމް ސައިނާ ނަސީމްއަށް ވިސާ ހަމަޖައްސައިދިން ކަމަށް ބުނެފަ އެވެ.
ކޮމެންޓް (1)
ހިތުންހިތައް