އޯއައިސީގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް ބިން އަހުމަދު އަލް އުތަމައީންއަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުއާ 20218ގަައި ބައްދަލުކުރައްވަނީ: ސަރީރު ސައުދީ ސަފީރަކަށް އައްޔަން ކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި.

ސައުދީ ސަފީރަކަށް ކުރީގެ ފޮރިން ސެކެޓްރީ ސަރީރު އައްޔަން ކުރަން ރުހުން ދީފި

ސައުދީ ސަފީރުގެ މަގާމު ހުސްވީ ކުރިން އެ މަގާމަށް އައްޔަން ކުރި މުހައްމަދު ތާހާ، ޕާކިސްތާން ސަފީރަކަށް އައްޔަން ކުރުމާ ގުޅިގެން

ރާއްޖޭން ސައުދީ އަރަބިއްއާއަށް ކަނޑައަޅާ ސަފީރަކަށް، ކުރީގެ ފޮރިން ސެކެޓްރީ އަހްމަދު ސަރީރު އައްޔަން ކުރަން ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސައުދީ ސަފީރަކަށް ސަރީރަށް ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 15ގައި މަޖިލީހަށް ފޮނުއްވީ، ކުރިން އެ މަގާމަށް އައްޔަން ކުރި މުހައްމަދު ތޯހާ ޕާކިސްތާން ސަފީރަކަށް އައްޔަން ކުރުމާ ގުޅިގެން

ތަފްސީލު - ސަރީރުގެ ނަން ދިރާސާކޮށް، މަޖިލީހުގެ ހާރިޖީ ކޮމިޓީން ފާސްކުރީ ރުހުން ދޭން ފެންނަ ކަމަށެވެ. އަދި ކޮމިޓީ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހެޅި އެވެ.

ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ވެސް ފާސްކުރީ ސަރީރު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 86 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރީރު:

  • މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖްގެ މަގާމުގައި

  • އޭގެ ކުރިން އޭނާ ހުންނެވީ ނޯޕޭ ލީވްއެއްގައި، 1 ނޮވެމްބަރު 2018 އިން ފެށިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޖެނެރަލް ސެކެޓްރީގެ މަގާމުގައި

  • 1986ގައި މިނިސްޓްރީއަށް ވަދެވަޑައިގެންނެވި ސަރީރު ފޮރިން ސެކެޓްރީގެ މަގާމަށް އައްޔަންކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 17 ޖުލައި 2017ގައި

  • އދ.ގެ ދާއިމީ މަންދޫބުކަން ޑިސެމްބަރު 2012 އިން 2017އަށް އަދާކުރައްވާފައިވޭ

  • ފޮރިން މިނިސްޓްރީގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވޭ؛ އޭގެ ތެރޭގައި އެޑިޝަނަލް ސެކެޓްރީ ކަމާއި ޖޮއިންޓް ސެކެޓްރީގެ މަގާމު ހިމެނޭ

  • ފޮރިން އެފެއާޒް އެންޑް ޓްރޭޑް ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް