29 ސެޕްޓެމްބަރު 2024: ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި އިމިގްރޭޝަންގެ އޮފިސަރުންތައް ބިދޭސީންގެ ވިސާ ބަލާ ފާސްކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިމިގްރޭޝަން

ގަވައިދާ ހިލާފަށް އުޅޭ 4،000 އަށް ވުރެ ގިނަ ބިދޭސިން ފުރުވާލައިފި

އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންދިޔުމަށްފަހު އަނބުރާ ފޮނުވާލި މީހުންގެ އިރުރުން އަމިއްލަ އަށް ބޭނުންވެގެން ފުރުވާލި މީހުންނާއި ރާއްޖެއިން ފުރަން ނޯޓިސް ދިނުމަށްފަހު އެ މުއްދަތުުގެ ތެރޭ ރާއްޖެ ދޫކޮށް ފުރި މީހުން އޭގެ ތެރޭ ހިމެނޭ
5 ގަޑިއިރު ކުރިން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން އަނބުރާ ފުރުވާލުމަށް ކުރާ މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 4،361 މީހުން ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ އިމިގްރޭޝަނުގެ އަމާޒަކީ އެއް އަހަރު ތެރޭ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފުރުވާލުން ކަމަށެވެ.

ބުނީ ކީކޭ؟ - "އެއް އަހަރުގެ ޓާގެޓުކަމަށްވާ ގަވައިދާ ހިލާފަށް އުޅޭ5،000 ބިދޭސިން ރާއްޖެ އިން ފުރުވާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން21 އޮކްޓޯބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް މިވަނީ 4،361 ބިދޭސީއަކު ފުރުވާލެވިފައި،"ޝަމްއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނބުރާ ފޮނުވާލި މީހުންގެ ތެރޭ ހިމެނެނީ އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންދިޔުމަށްފަހު އަނބުރާ ފޮނުވާލި މީހުންގެ އިރުރުން އަމިއްލަ އަށް ބޭނުންވެގެން ފުރުވާލި މީހުންނާއި ރާއްޖެއިން ފުރަން ނޯޓިސް ދިނުމަށްފަހު އެ މުއްދަތުުގެ ތެރޭ ރާއްޖެ ދޫކޮށް ފުރި މީހުން ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ ތެރެއިން މިވަގުތު135 ބިދޭސިން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ޑިޓެންޝަން ސެންޓަރުގައި އެބަތިބި ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އޭގެ ތެރޭ ހިމެނެނީ:

  • 121 ފިރިހެނުން

  • 12 އަންހެނުން

ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެ އެވެ. އަދި އެފަދަ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ޕޯޓަލް އެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަން ވޮޗް ޕޯޓަލް އަށް މިހާތަނަށް 861 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 596 ކޭހަކަށް އެޓެންޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރި 51 ބިދޭސިިން މި އަހަރު ތެރޭ ހިފަހައްޓާފައިވާކަން ވެސް އިމިގްރޭޝަން ކޮންޓްރޯލަރު ފާހަގަ ކުރެއްވި އެވެ.

"ކައުންޓަފީޓު ނުވަތަ ފޯޖުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތް ކުރާކަން ފާހަގަވޭ. ޓްރެންޑަށް ބަލާއިރު މި އަހަރު51 ބިދޭސީއަކު ވަނީ ބޯޑަރުން ހިފެހެއްޓިފަ.މީގެ ތެރޭ ކައުންޓަފީޓު ޕާސްޕޯޓާއި ޝަހުސު އޮޅުވާލައިގެން ލިޔެކިޔުން ބަދަލުކޮށްގެން ރާއްޖެ އެތެރެވަން މަސައްކަތް ކުރި މީހުންނާއި ވިސާ ފޯޖު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް