މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)

ބިދޭސީން

ނުދައްކާ ހުރި ބިދޭސީ ފީން 1 ބިލިއަން ރުފިޔާ ހޯދިއްޖެ: އިހުސާން

އިހުސާން ވިދާޅުވި ގޮތުގައި މިހާރު ނުލިބި ވަނީ 7 މިލިއަން ރުފިޔާ
5 ގަޑިއިރު ކުރިން

ވަޒީފާ އަދާކުރާ ބިދޭސީންގެ ފީ ނުދައްކާ ތިބި ވަޒީފާދޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން، ނުދައްކާ ހުރި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 1 ބިލިއަން ރުފިޔާ ހޯދިއްޖެ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ 100،00ރ. އަށް ވުރެ ބޮޑު އަދަދެއް އަރާފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. 

ތަފްސީލް - ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ ފައިސާގެ ތެރެއިން މިހާރު ނުލިބިވަނީ 7 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ އިތުރުން އޭނާ ވިދާޅުވީ:

  • އެ ލިސްޓުގައިވާ ފައިސާ ނުދައްކާ ފަރާތްތައް މިހާރު އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފައިވާނެ ކަމަށް

  • އެމީހުންނަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް

  • ދެން ހިދުމަތް ލިބޭނީ ފައިސާ ދެއްކުމުން

އެނގުން މުހިންމު - މިނިސްޓްރީން ލިސްޓު ނެރުމުގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކަށް އަންގާފައި ވަނީ ދެ ހަފްތާ ތެރޭ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިފަހުން ވަނީ ލޭބާ ރިލޭޝަންސް އޮތޯރިޓީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފަ އެވެ. އެގޮތަށް ނިންމީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމުގެ ގޮތުންނެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް