ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ގަވައިދަށް ފެއްތުމަށް 'ކުރަނގި' ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ތެރެއިން ބިދޭސިންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

ބިދޭސީން

އޭޕްރީލްގެ ކުރިން ބިދޭސިންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާ ނިމޭނެ: އިހުސާން

އޮޕަރޭޝަން ކުރަނގި 82 ރަށެއްގައި ކުރިއަށް އެބަދޭ؛ މިހާތަނަށް 6،891 ބިދޭސިންގެ ފިންގަ ޕްރިންޓާއި ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައި

ބިދޭސިންގެ މައްސަލަ ހައްލު ކުރަން މިދިޔަ އޭޕްރީލް މަހު ފެށި އޮޕަރޭޝަން 'ކުރަނގި' ގެ ދަށުން ބިދޭސިންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް އަންނަ އޭޕްރީލް އާއި ހަމައަށް ނިމޭނެ ކަމަށް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައު ލިޔެކިޔުން ނެތި އުޅޭ ބިދޭސިންގެ މައްސަލަ 3 އަހަރުން ހައްލު ކުރުމަށް ފެށި އޮޕަރޭޝަން ކުރަނގި ގެ ފުރަތަމަ ފިޔަވަހި މިހާރު މުޅި ރާއްޖެ އަށް ފުޅާކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އިހުސާން ވިދާޅުވީ މިހާރު އެ އޮޕަރޭޝަން 82 ރަށެއްގައި ކުރިއަށް އެބަދާކަމަށާއި މިހާތަނަށް 6،891 ބިދޭސިންގެ ފިންގަ ޕްރިންޓާއި ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށެވެ.

"އަމާޒަކީ އަންނަ އޭޕްރީލްގެ ކުރިން ފުރަތަމަ ފިޔަވަހީގެ ދަށުން އެ މަސައްކަތް ނިންމުން. މިހާރު މަސައްކަތް ކުރިއަށް ދާގޮތަށް ބަލާއިރު ލަފާކުރެވެނީ ޖެނުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް،" އިހުސާން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހުސާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ގުޅުން ހުރި - ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެމީހުންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން 'ކުރަނގި' ކުރިއަށް ގެންދަނީ3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

  •  ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެމީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެ

  • ދެން އަންނަ ދެ އަހަރު ތެރޭގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދާ، ފޮޓޯ އައިޑެންޓިޓީ ހަދާނެ

  • ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދާ އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެމީހަކު ފޮނުވާލާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް