ސަމާހު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ.

ސަމާހުގެ މަރު: ކާރު ދުއްވަން އިން ވިސާމަށް ދައުވާކޮށްދޭން އެދިއްޖެ

މި މައްސަލާގައި ހައްޔަރުކުރި ވިސާމު، 26، ވައިލެޓްފެހި/އައްޑޫ ހިތަދޫގެ އތުގައި ކާރު ދުއްވުމުގެ ލައިސެންސެއް ނޯވޭ
9 ގަޑިއިރު ކުރިން

ސްޕޯޓްސް ކާރަކުން ޖެހި މިދިޔަ މަހު ހަސަން ސަމާހު މަރުވި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މުހައްމަދު ވިސާމް ސިދުގީ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 2 ހާއިރު އެވެ. 

އެ އެކްސިޑެންޓުގައި އަނިޔާވި ސަމާހު، 23، މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހު އެވެ.  

ތަފްސީލް - ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވަނީ ވިސާމުގެ މައްޗަށް ކޮށްދޭން އެދުނީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. ނަމަވެސް، އޭނާގެ މައްޗަށް ކޮށްދޭން އެދުނު ދައުވާއެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭގެ އިތުރުން، ފުލުހުން ފާހަގަކޮށްފައިވަނީ:

  • މި މައްސަލާގައި ހައްޔަރުކުރި ވިސާމު، 26، ވައިލެޓްފެހި/އައްޑޫ ހިތަދޫގެ އަތުގައި ކާރު ދުއްވުމުގެ ލައިސެންސެއް ނޯވޭ

  • އޭނާ ބަންދުކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ބަންދު އަމުރު ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވޭ

އެނގުން މުހިންމު - އެކްސިޑެންޓުގައި ބޮލާއި މޫނުމައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނު ސަމާހު މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް