ފުލެޓު މައްސަލައިގައި ރައްޔިތުންނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވި މުޒާހަރާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މުޒާހަރާ

މަޖިލިސް ކުރިމަތީ އަޑުއުފުލަން ފުރުސަތު ނުދިނުމުން އެމްޑީޕީގެ ކަންބޮޑުވުން

މަޖިލިސް ހިމެނޭ ސަރަހައްދަކީ ގްރީން ޒޯނެއްކަން ފާހަގަކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަމުން އަމީރު އަހުމަދު މަގުގައި ހުންނަ އިސް ރަށްވެރިންގެ ވާދީ ހުންނަ ހިސާބަށް ދުރަށް ޖައްސާފައި
21 އޮކްޓޯބަރު 2024

މާލޭ ސަރަހައްދުން ކުރީގެ ސަރުކާރުގައި ދޫކުރި ލިޔުމާ އެއްގޮތަށް ގޯއްޗާއި ފްލެޓު ހަވާލުކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މިއަދު މުޒާހަރާ ކުރަން ފުރުސަތު ނުދިނުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީކިހިނެއް؟ - މަޖިލިސް ހިމެނޭ ސަރަހައްދަކީ 'ގްރީން ޒޯނެއް'ކަން ފާހަގަކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަމުން އަމީރު އަހުމަދު މަގުގައި ހުންނަ އިސް ރަށްވެރިންގެ ވާދީ ހުންނަ ހިސާބަށް ދުރަށް ޖައްސައިފަ އެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިންގައި ފުލުހުންގެ އިރުޝާދާ އެއް ގޮތަށް މުޒާހަރާގެ ބައިވެރިން ދިޔައީ އަމަލު ކުރަމުންނެވެ.

މީގެ ކުރީގައި ސީދާ މަޖިލިސް ކުރިމަތީގައި އެއްވުމަށް ފުރުސަތު ދީފައިވެ އެވެ. މި ސަރުކާރުގައި ވެސް އެ ގޮތަށް ފުރުސަތު ދީގެން ބައެއް އެއްވުންތައް ބާއްވާފައި އެބަހުއްޓެވެ.

ކީކޭ ބުނީ؟ - އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އެއީ ވަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށެވެ.

"ޕީއެންސީގެ ބާރުވެރި ކަމުގައި އަޅުގަނޑުމެންނަށް މި ފެންނަނީ އަސާސީ ހައްގުތައް ލިބުމުގައި ވެސް ބަދަލުތައް އަންނަ ތަން. މިހާރު 100 ފޫޓު ދުރުން ހައްގު މި ލިބެނީ. މީގެ ކުރީގައި އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގޮވާލަން ވެސް އަދި ވާނުވާ ބަންދު އުވާލަން ގޮވާލަން ބޭއްވި އެއްވުމެއް ވެސް މަޖިލިސް ކައިރިން ފުރުސަތު ދިން،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ކަމެއްގައި އަޑުއުފުލުމުގެ ފުރުސަތު ދޭން ވާނީ، ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުންނަށް އަޑު އިވޭނެ ހިސާބަކުން ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ. ނަމަވެސް ފުރުސަތު ނުދޭން މިހާރު ބޭނުން ވަނީ ރައްޔިތުންނަށް ދޭނެ ޖަވާބެއް ވެސް މިހާރު ނެތުމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް