ބޯހިޔާވަހިކަން

ގޯއްޗާއި ފުލެޓު މައްސަލައިގައި ބޭއްވި މުޒާހަރާ

21 އޮކްޓޯބަރު 2024
  • ހުޅުމާލެއިންނާއި މާލޭ ސަރަހައްދުން ފްލެޓާއި ގޯތި ދިނުން ލަސްވެގެން ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި މުޒާހަރާކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގެބައިވެރިންގެ ތެރެއަށް ރައްޔިތުންގެ މަޖިލިހުގެ މަޖިލިސް މެމްބަރުން ވަޑައިގެން ސަލާންކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އަޑުއިއްވާ މީހުންނަށް ފްލެޓާއި ބިން ދޭން ނިންމީ އެމްޑީޕީގެ ސަރުކާރުން. އެހެންވެ އެމްޑީޕީގެ މަޖިލިސް މެމްބަރު ތިއްބެވީ އެ މީހުންގެ ދިފާއުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އެމްޑީޕީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓްގައި މައްސަލަތަކެއް ހުރެގެން ކަމަށް ބުނެ މި ސަރުކާރުން އަންނަނީ އެކަން ބަލަމުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރުން، މުޒާހަރާގެ ބައިވެރިންނާ އެކު ލިއުންތައް ހިއްޕަވައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ސަރުކާރުން ބުނާ ގޮތުގައި ފްލެޓް ލިސްޓް އަލުން ބެލުމަށް ފަހު ވަރަށް އަވަހަށް އިއުލާންކުރާނެ. އެކަމަކު އެ ލިސްޓް ނެރުން ލަސްވާތީ އެތައް ބަޔަކު ތިބީ ކަންބޮޑުވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގެ ބައިވެރިން، ސަލާމަތީ ކަންކަން ބަލަހައްޓަން ހުރި ފުލުހުންގެ މީހަކާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އެމްޑީޕީގެ ސަރުކާރުން މިދިއަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުމާލޭ ދޭކުން ވަނީ އެތައް ސަތޭކަ ގޯއްޗެއް މާލޭ ރައްޔިތުންނަށް ހިލޭ ދޫކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އެމްޑީޕީގެ ސަރުކާރުން ލިސްޓް ނެރުނީ ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4000 ފްލެޓް ލިބޭ މީހުންގެ. އެކަަމަކު އެ ލިސްޓް އަލުން ދިރާސާކޮށް، އާ ލިސްޓެއް ހަދަން މި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • މާލޭގެ ގެދޮރު މައްސަލައަކީ ސިޔާސީ ކޮންމެ ވެރިއަކަށް ވެސް ދިމާވާނެ އެންމެ ބޮޑު އެއް ކަންބޮޑުވުން. ގެދޮރަށް ޖެހިފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ފްލެޓާއި ގޯތީގެ މައްސަލާގައި އަޑު އުފުލަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު، މުޒާހަރާގެ ބައިވެރިންނާ އެކު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް