ވޭޕްތަކެއް އަތުރާލާފައި (ފައިލް ފޮޓޯ)

ވޭޕް

ނޮވެމްބަރު 15ގައި ވޭޕް މަނާ ކުރަންދެން ޑިއުޓީ ބޮޑު ކުރަނީ

ވޭޕް ކުރާ އާލާތްތަކުން ނަގާ ޑިއުޓީ %200 ބޮޑުކުރުމުގެ އިތުރުން ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނަގަން ހުށަހަޅާފައިވޭ
20 އޮކްޓޯބަރު 2024

އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ކުރުމާއި އެ ކަމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމާފައި ވާއިރު، އެ ދުވަހާ ހަމައަށް އެތެރެކުރާ ވޭޕާއި އެއާ ގުޅުންހުރި ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު މިއަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ:

  • އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނަގަން

  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރަން

އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ހުށަހަޅާފައިވާ މި އިސްލާހުގައި ވޭޕު ކުރުމާ ގުޅޭ ތަކެތީގެ ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާތީ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދައި ފާޑު ކިޔަމުންނެވެ.

ސަރުކާރުގެ ބަސް - އެފަދަ ވާހަކަތަކަށް ރައްދު ދެއްވައި ބަންޑާރަނައިބު އަހުމަދު އުޝާމް މިރޭ 'އެކްސް'ގައި ވިދާޅުވި ގޮތުގައި:

  • ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އަންނަ މަހުގެ 1 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރަން އަދި އަންނަ މަހުގެ 15 އިން ފެށިގެން ވޭޕު ކުރަން ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކުރަން

  • ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަންނަ މަހުގެ 1 އިން 15އާ ދޭތެރޭގައި އެތެރެކުރާ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް