ރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ގޮތަށް ތަރައްގީ ކުރި ޕާކު ހުޅުވުމުގައި ރަސްމިއްުޔާތުގައި ބައެއް ކުޑަކުދިންނާއި ޗައިނާގެ ސަފީރު ބައިވެރިވެ ވަޑައިގަންނަވަނީ

ސިނަމާލެ ބްރިޖު

ސިނަމާލެ ބްރިޖު ޕާކު ހުޅުވައިފި

މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ގޮތަށް ހުޅުވި ޕާކެއް
19 އޮކްޓޯބަރު 2024

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ރަމްޒެއްގެ ގޮތުން ތަރައްގީ ކުރި، 'ސިނަމާލެ ބްރިޖް ޕާކު' މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ލޮނުޒިޔާރަތްކޮޅުގައި ސިނަމާލެ ބްރިޖް ކައިރީގައި ތަރައްގީކޮށްފައިވާ މި ޕާކު މިއަދު ހުޅުއްވައިދެއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިން ވެސް ބައިވެރިވި އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ގޮތަށް ތަރައްގީ ކުރި ޕާކު ހުޅުވުމުގައި ރަސްމިއްުޔާތުގައި ބައެއް ކުޑަކުދިން ބައިވެރިވަނީ

ތަފްސީލް - ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއްގެ ގޮތުން ހުޅުވި މި ޕާކުގައި، މާލެ އާއި ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖު އެޅުމުގެ ރަސްމިއްޔާތާއި ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ފެންނަން ހުރެ އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފެންނަ ގޮތަށް ހުޅުވި ރަމްޒީ ޕާކެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް