ވިލިމާލޭ ހޮސްޕިޓަލުގެ ފީޒިބިލިޓީ މަސައްކަތް ނިންމައި މެމޮރެންޑަމްގައި ސޮއިކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ވިލިމާލޭ އާ ހޮސްޕިޓަލުގެ ފީޒިބިލިޓީ މަސައްކަތް ނިމިއްޖެ

އެ ހޮސްޕިޓަލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައިި؛ މަސައްކަތް ފަށާތާ 2 އަހަރުން ހޮސްޕިޓަލުގެ މަޝްރޫއު ނިމޭނެ ކަމަށް މީގެ ކުރިން ބުނެފައިވޭ

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ފީޒިބިލިޓީ ސާވޭ ހަދައި ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީޒިބިލިޓީ ފުރިހަމަކޮށް، މެމޮރެންޑަމް އޮފް ފީޒިބިލިޓީގައި ސޮއިކޮށްފައިވާ ކަމަށެވެ.

މެމޮރެންޑަމްގައި ސޮއިކުރެއްވީ:

  • އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

  • ޗައިނާ ސަރުކާރުގެ ފަރާތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލި ޖިން

ތަފްސީލް - މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި މެމޮރެންޑަމްއާ އެކު ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އެ މަސައްކަތުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ދެ ގައުމުގެ ދެމެދު ސޮއިކުރީ މިދިޔަ މެއި މަހު އެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ އެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށާ ދެ އަހަރުން ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލު ތަރައްގީ ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ ސެންޓަރަކާ އެކު އެވެ. މީގެ އިތުރުން، ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށް ދޭ ހާއްސަ ފަރުވާ އާއި ޑީކޯވާ މީހުންނަށް ދޭ ފަރުވާ އާއި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް