ގައުމީ ޔުނިވާސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްއެެންޔޫ)

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން މި މަހު 31ގައި؛ ފުރަތަމަ ފަހަރަށް ޑޮކްޓަރުން ދަސްވެނިވާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަމްރީންވެގެން ޑޮކްޓަރުން ދަސްވެނިވުމަކީ މި ރަސްމިއްޔާތު ހާއްސަވާ ކަމެއް
16 އޮކްޓޯބަރު 2024

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން މި މަހު 31އަށް ތާވަލުކޮށްފި އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

  • ގަޑި - ހެނދުނު 8:30

  • ތަން - ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން

  • ދަސްވެނިވާ ދަރިވަރުންނަށް ގައުން ހަވާލުކުރުން - 27 އިން 29 އޮކްޓޫބަރަށް އެމްއެންޔޫގައި

  • މި ރަސްމިއްޔާތު ޓީވީއެމްއިން ވަގުތުން ދައްކާނެ

ބުނީ ކީކޭ؟ - މިފަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ހާއްސަވާ ކަމެއްގެ ގޮތުގައި އެމްއެންޔޫއިން ބުނީ މިއީ ރާއްޖޭގެ ފުރަތަމަ ފަހަރަށް ޑޮކްޓަރުން ތަމްރީންވެ ދަސްވެނިވާ ފަހަރު ކަމަށެވެ.

"މިއީ ރާއްޖެއަށާއި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބޭނެ ފަހުރުވެރި ކާމިޔާބީއެއް ކަމުގައި ފާހަގަ ކުރަމެވެ. ރާއްޖޭގެ އަލަށް ތަމްރީންވެގެންދާ ހުރިހާ ޑޮކްޓަރުން ވެސް ވަނީ އެ ދަރިވަރުންގެ އިމްތިހާނުތަކުން ފާސްވެ، ރަނގަޅު ނަތީޖާއެއް ވެސް ހޯދާފަ އެވެ،" އެމްއެންޔޫއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް