އިސްލާމީ މަރުކަޒުގެ މުންނާރު ކައިރި ބަންދުކޮށްގެން މަސައްކަތް ކުރަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކުރުން ހުއްޓާލުމަށް ފަހު ސްޓެލްކޯއިން ފަށައިފި
އިސްލާމީ މަރުކަޒު މުންނާރު ތިރީގައި އޮންނަ މަސް ފެންގަނޑު މަރާމާތު ކުުރުމުގެ މަސައްކަތް އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މުންނާރު ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރުމަށް ފަހު ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ އިއުލާނު ބާތިލްކޮށްފަ އެވެ.
ތަފްސީލް - ސްޓެލްކޯ އިން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފެންގަނޑު މަރާމާތު ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ މިދިޔަ ހަފްތާ އެވެ.
އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށް މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ފަހު މިހާރު އެ މަސައްކަތް ފަށާފައި ވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކުގައި ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ގުޅުން ހުރި - އިސްލާމީ މަރުކަޒު ސަރަހައްދު މިހާރަށް ވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.