ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުލްގަފޫރު އިބްރާހިމް

ފ. އަތޮޅުގެ ކުރީގެ މެމްބަރު އަބްދުލްގަފޫރު އަވަހާރަވެއްޖެ

އޭނާ އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް. އޭނާ މެމްބަރުކަން ކުރެއްވީ 2004 އިން 2009އަށް.
14 އޮކްޓޯބަރު 2024

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަބްދުލްގަފޫރު އިބްރާހިމް މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި، އަބްދުލްގަފޫރު އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އޭގެ ކުރިން ކިޑްނީ ބައްޔަށް ގިނަ އަހަރުތަކެއް ވާންދެން ފަރުވާ ހޯއްދެވިި އެވެ. 

ތަފްސީލް - އަބްދުލްގަފޫރު މަޖިލީހުގެ މެމްބަރުކަން ކުރެއްވީ އެއް ދައުރެވެ. އެއީ 2004 އިން 2009 އަށެވެ. މިއީ ރާއްޖޭގެ މިހާރުގެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ސިޔާސީ ގޮތުން އެންމެ ހޫނުވި ދުވަސްވަރެވެ. އާ ގާނޫނުއަސާސީ ތައްޔާރުކޮށް ފާސްކުރުމުގެ ބޮޑު މަސްއޫލިއްޔަތު މެމްބަރުން އުފުއްލެވި ދައުރު ވެސް މެ އެވެ.

އަބްދުލްގަފޫރުގެ ތިން ބޭފުޅުން ތިއްބަވާއިރު، އަންހެން ދަރިފުޅަކީ ސިވިލް ކޯޓުގެ ފަނޑިޔާރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް