މީހަކު ބީއެމްއެލްގެ އެޕްލިކޭޝަން ބޭނުންކުރަނީ: ފޭކް ޓްރާންސްފާ ސްލިޕް ފޮނުވާ މައްސަލައާ މެދު ހޭލުންތެރި ކުރަން ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށާފައި (ފޮޓޯ/ބީއެމްއެލް)

ފުލުހުން

ފޭކު ބޭންކު ސްލިޕު ފޮނުވުން އިތުރުވެފައިވާތީ ފުލުހުން 'އޮޕަރޭޝަން ފޭކް ސްލިޕް' ފަށައިފި

އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފާ ސްލިޕް ހަދައިގެން ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިގެން އެކަމަށް ސަމާލުވުމަށް އެ އިދާރާ އިން މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފައި

ސައްހަ ނޫން ބޭންކު ސްލިޕު ފޮނުވުން އިތުރުވެފައިވާތީ އެކަމާ މެދު ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް 'އޮޕަރޭޝަން ފޭކް ސްލިޕް'ގެ ނަމުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ތަފްސީލް  - ފުލުހުން މިއަދު ބުނީ މިއީ ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ހިދުމަތް ހޯދުން ހުއްޓުވައި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ފާހަގަކުރެވޭ - މިއީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެ ސެންޓަރާއި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުން ވެސް މި އޮޕަރޭޝަނުގައި ބައިވެރިވެ އެވެ.

'އޮޕަރޭޝަން ފޭކްސް ސްލިޕް' އަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި:

  • މި މަސް ހާއްސަކޮށްފައި ވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް

  • މަސް ނިމޭއިރު، މާލެ ސަރަހައްދުގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދޭނެ

  • ހިދުމަތް ހޯދުމަށް ފަހު ސައްހަ ނޫން ބޭންކު ޓްރާންސްފާ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބަލައި ބެންކު ޓްރާންސްފާ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ

  • ސައްހަކަން ކަށަވަރުކުރުމަށް ބޭންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފާ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުމަށް ވެސް މައުލޫމާތުދޭނެ

  •  ހިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބޭންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބަލާނެ

  • ފާއިތުވި ހަ މަސް ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބޭންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުމަށް މައުލޫމާތުދޭނެ

  • މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެ ނަމަ އަމަލުކުރާނެެ ގޮތާއި މިފަދަ ކަމެއް ދިމާވެއްޖެ ނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ

ގުޅުންހުރި - ފޭކް ޓްރާންސްފާ ސްލިޕާ ގުޅޭގޮތުން ހޭކުންތެރި ކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށިއިރު އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފާ ސްލިޕް ހަދައިގެން ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިގެން އެކަމަށް ސަމާލުވުމަށް އެ އިދާރާ އިން މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް