ށ. ފުނަދޫ އެއާޕޯޓު (ފައިލް ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)

މޯލްޑިވިއަން

މޯލްޑިވިއަން އިން ފުނަދުއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

އައިލެންޑް އޭވިއޭޝަނުގެ އޮފިޝަލަކު 'ދައުރު' އަށް ވިދާޅުވީ ދަތުރުތައް މެދުކަނޑާލީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާހުރެ ކަމަށް

ށ. ފުނަދުއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - އެ އެއާލައިނުން މިއަދު ބުނީ ވަކި ގޮތެއް އަންގަންދެން ފުނަދުއަށް ކުރާ ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ތަފްސީލް - އެކަމާ ގުޅޭގޮތުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އޮފިޝަލަކު 'ދައުރު' އަށް ވިދާޅުވީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ހުރެ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

"އެއީ ކޮން މައްސަލައެއްކަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެން ސައިޑުން ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ވެސް ބަލައި ދަތުރުތައް ފެށޭތޯ ބަލަމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފުނަދުއަށް ދަތުރު ކުރުމަށް ޓިކެޓު ނަގާފައި ތިބި ފަސިންޖަރުންނަށް ގުޅާ، މައުލޫމާތު ހިއްސާކުރަމުންދާ ކަމަށެވެ.

ފުނަދޫ އެއާޕޯޓު ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.

 އެ އެއާޕޯޓަށް ދަތުރު ކުރަނީ ގަައުމީ އެއާލައިން މޯލްޑިވިއަން އިން އެކަންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް