މާލޭގެ މަގުމަތިން ފެނުނު ހަރުފައެއް ސިފައިން ހިފަނީ: ގަވާއިދާ ހިލާފަށް ރާއްޖެއަށް ދިރޭތަކެތި އެތެރެކުރޭ

ގަވައިދާ ހިލާފަށް އެތެރެކުރާ ދިރޭތަކެތި ދެން ފޮނުވާލާނީ އެ ގެނައި މީހުންގެ ހަރަދުގައި

ވަގަށް އެތެރެކުރާ ދިރޭތަކެތި ނައްތާލަން ވިޔަސް، އެކަމަށް ދާ ހަރަދު ކުރަން ޖެހޭނީ ރާއްޖެއަށް އެ އެއްޗެއް ގެނައި ފަރާތަކުންކަމަށް ގަވައިދުގައި ބުނޭ
7 އޮކްޓޯބަރު 2024

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ދިރޭތަކެތި އަނބުރާ ފޮނުވާލުމާއި ނައްތާލަން ދާ ހަރަދު ދެން ކުރަން ޖެހޭނީ، އެތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ކަމަށް ކަނޑައަޅައި އެކަމާ ގުޅޭ ގަވައިދު އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟- ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފަށް، ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތާލުމާ ގުޅޭ ގަވާއިދަށް މި އިސްލާހު ގެނެސްފައިވަނީ އިއްޔެ އެވެ.

އާ އިސްލާހުގައި ބުނެފައިވާ ގޮތުގައި:

  • ގަަަވައިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރަން ދައުލަތުން ނިންމާ ނިންމުމަކީ، އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވާލުން ކަމަށްވާ ނަމަ، އެ އިންތިޒާމު، އެ ގެނައި ފަރާތުން ހަމަޖެއްސުން

  • އޭގެ ތެރޭގައި ލިޔެކިޔުމާއި އެކަމަށް ދާނެ ހަރަދުތައް ފަދަ އިންތިޒާމުތައް ހިމެނޭ

  • ދިރޭ އެއްޗެއް [ދައުލަތަށް] ނެގިތާ ހަތް ދުވަހުގެ ތެރޭގައި އެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ

  • އެތެރެކުރާ ދިރޭއެއްޗެއް މަރާލަން ނުވަތަ ނައްތާލަން ދައުލަތުން ނިންމައިފި ނަމަ، އެކަމަށް ދާ ހަރަދު ވެސް އޭގެ ވެރިފަރާތުން ކުރުން

މިހާރު ވެސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ހުއްދަ ނޫން ޖަނަވާރާއި ދޫނި ފަދަ ދިރޭސޫފާސޫފި އެތެރެކުރެ އެވެ. ދައުލަތަށް ނަގާ މި ފަދަ ތަކެތި، މިހާތަނަށް ނައްތާލަމުން އައީ ސަރުކާރުގެ ހަރަދުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް