ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)
ކޮންމެ ގައުމެއްގައި އުޅުނަސް ދައުލަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހިންނަށް ލިބޭގޮތަށް ސިޔާސަތުތައް ބައްޓަން ކުރާނަން: ރައީސް
ކޮންމެ ގައުމެއްގައި އުޅުނު ނަމަވެސް ދިވެހިންނަށް ދައުލަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރޭ ނިއު ދިއްލީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ހުރިހާ ދިވެހިންނަށް ލިބޭނެހެން މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ދިއްލީ އަކީ ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން ޒިޔާރަތްކުރާ ސިޓީ އެއް ކަމަށާއި ދެ ގައުމުގެ ވިޔަފާރިވެރިންގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ވިޔަފާރި މުއާމަލާތްތަކުގައި ދިއްލީ އަކީ މުހިއްމު ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކިޔެވުމަށާއި ވިޔަފާރި އަދި ސިއްހީ ބޭނުންތަކަށް ދިވެހިން އިންޑިއާ އަށް ދަތުރުކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށާއި އިންޑިއާގެ ހައިކޮމިޝަންް ދިއްލީގައި ހުންނައިރު އެ ސިޓީގައި އުޅޭ ދިވެހިންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިއްލީ ގައި އުޅޭ ދިވެހިންނާއެކު ވަގުތު ހޭދަކުރައްވާ އެމީހުންގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވައިފަ އެވެ.
ގުޅުން ހުރި - ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދިއްލީގެ އިތުރުން މުމްބާއީ އަށާއި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. ހާރިޖީ ގުޅުން ބަދަހިކުރެއްވުމުގެ މަޝްވަރާތަކުގެ އިތުރުން ވިޔަފާރިއާ ގުޅުން ހުރި މަޝްވަރާތައް ވެސް ކުރައްވާނެ އެވެ.
ކޮމެންޓް (1)
ނާތެދެއްތަ.