ގުރުއާން ހިތުދަސްކޮށް އިނާމާއި މެޑަލް ހާސިލް ކުރި ހާފިޒަކަށް ރައީސް މެޑަލް ހަވާލުކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ގުރުއާން

ގުރުއާން ހިތުދަސްކުރި 28 ހާފިޒަކަށް މެޑަލް ދީފި

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި މުޖުތަމައަކީ ގުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައި

އޮކްޓޯބަރު 2022 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރި 28 ހާފިޒުންނަށް ރައީސް މުހައްމަދު މުއިއްޒު މެޑަލް އާއި އިނާމު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ހާފިޒުންނަށް މެޑައްޔާއި އިނާމު ދިނުން ކުރިއަށް ގެންދިޔައީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެނގުން މުހިއްމު - މިއަދުގެ ރަސްމިއްޔާތުގައި މެޑަލް ލިބުނު ހާފިޒުންނަކީ:

  • ފާތިމަތުދީދީ، ޝެވިލް/ ސ. ހިތަދޫ

  • ޖަމީލާ އަލިދީދީ، ދޫޑިގަން، މައްސާގުގެ/ފުވައްމުލައް

  • ފާތިމަތު އީޝާ، ނިޒާމް/ށ. މިލަންދޫ

  • ހަކީމަތު މުހައްމަދު، ފުނާޑު، ހީނާގެ/ފުވައްމުލައް

  • އާމިނަތު ލަތީފާ، ތިބްރޯޒްގެ/ސ. ހިތަދޫ

  • މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް

  • ފާތިމަތު އަހުމަދު، ދަޑިމަގު. ގުލްދަސްތާގެ/ފުވައްމުލައް

  • އަބްދުﷲ ރަޝީދު، އަލުއިމާގެ/ސ. ހިތަދޫ

  • އަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ/ސ. މަރަދޫ

  • ސައުދިއްޔާ މޫސާ، މީނާޒް/ށ. ބިލެތްފަހި

  • ސަހިއްޔާ އަބްދުލްގަނީ، ކުރިބޯށި/ރ. މީދޫ

  • ޔުމްނާ އަބްދުލްއަޒީޒު، ފެހިގެ/ދ. މީދޫ

  • މުހައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ/ރ. ފައިނު

  • ރާހިން ބިން މުހައްމަދު، ޖަގަހަ/ގދ. ފަރެސްމާތޮޑާ

  • އިޒްކާން އަޖީބް ހުސައިން، ގ. ފަރެސް

  • މުހައްމަދު ހަނޫން ހުސައިން، ފަރުބަދަ/ސ. ފޭދޫ

  • އަލީ ރައީފު، ދޮންމޫނިމާ/އއ. ތޮއްޑޫ

  • ފާތިމަތު ނަސީރާ، ނިކަގަސްދޮށުގެ/ސ. ހިތަދޫ

  • އަޒީން މުޙައްމަދު، ދަޑިމަގު. ބެންހާގެ/ފުވައްމުލައް

  • ރަސްލާން އަބްދުއްރައްޒާގު އީސާ، އަންބަރީގެ/ރ. މީދޫ

  • ޝަބީނާ އަބްދުﷲ، އަސްވާޑު/ގއ. ދެއްވަދޫ

  • މޫނިސާ އަބްދުއްރަހީމް، ކިނާރާ/ނ. ލަންދޫ

  • އާސިރު އާރިފް ޔޫސުފް، އަޅިވިލާގެ/ބ. އޭދަފުށި

  • އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު، މއ. ރަތްއެންދެރި

  • އަބްދުﷲ ހަޔާން ހަމީޒް، ގުރަހަ/ޅ. ނައިފަރު

  •  ރައްޔާން އަހުމަދު މުހައްމަދު، ދަޑިމަގު. ދޫރެސް/ފުވައްމުލައް

  •  އާއިޝަތު ސޯއިބަތު މުހައްމަދު ރިކްޒާން، ފެމެލީ/ޅ. ނައިފަރު

  • ބިލާލް ބިން އަހުމަދު، ގ. ހީނާހިޔާ  

ތަފްސީލް - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި މުޖުތަމައަކީ ގުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމައަކަށް ހެދުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

ރައީސްގެ ވާހަކަފުޅުފައި ނިޔަތާއި ބަހާއި އަމަލުން އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ވެސް ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއް ކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި ރާއްޖެ އިސްލާމްދީނަށް އެނބުރުނު ދުވަސްވަރަކީ ވެސް މެދުކެނޑުމެއް ނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްކަން ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް