ޝޯޝަލް މިނިސްޓްރީގެ ޑިރެކްޓަރު މަގާމުގައި ހުންނެވި ޝުޒާ، މުވައްޒަފުންނާ ވާހަކަ ދައްކަވާ ވީޑިއޯގެ ސްކްރީން ޝޮޓެއް.
ރޮމުން ތުހުމަތުކުރެއްވީ މިނިސްޓްރީން ހައްގުތައް ނިގުޅައިގަތް ވާހަކަ
ޖެންޑާ މިނިސްޓްރީ ނުވަތަ މިހާރުގެ ނަމުން ނަމަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި 2007 އިން ފެށިގެން މަސައްކަތް ކުރެއްވި އިސް މުވައްޒަފަކު، އެ މިނިސްޓްރީގެ އިސް ބޭފުޅުން ތަފާތު ކުރުމުގެ ސަގާފަތެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް، އުދާސްތައް ބަންޑުންކޮށްލައްވައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ފެންމަތިވީ، ސޯޝަލް މިޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއަކުންެނެވެ. މިނިސްޓްރީ ތެރޭގައި ބައެއް މުވައްޒަފުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގެންދެވީ، އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ފުުރުއްވި އައިޝަތު ޝޫޒާ އެވެ.
ބެލެވޭ ގޮތުގައި މި ބައްދަލުވުން ބާއްވާފައި ވަނީ، ޝޫޒާ މަސައްކަތް ކުރަމުން އައި މިނިސްޓްރީގެ 'އެލްޑާލީ ޑިޕާޓްމަންޓު' ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމުމާ އެކު އެ ތަނުގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުންނެވެ.
ތަފްސީލު - އެ ވީޑިއޯގައި ޝޫޒާ ވާހަކަ ފައްޓަވަމުން ވިދާޅުވީ، މީގެ 17 އަހަރު ކުރިން އެސިސްޓެންޓް ކައުންސިލާ ޓްރެއިނީއެއްގެ ވަޒީފާއަށް ވަދެ، އެންމެ ފަހުން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވައިގެން އޭނާއަށް ކުރެވިފައިވަނީ ފަހުރުވެރި މަސައްކަތްތަކެއް ކަމަށެވެ.
އެއާ އެކު، ދެން އޭނާ ބަންޑުންކޮށްލެއްވީ، މިދިޔަ ނޮވެމްބަރުން ފެށިގެން އޭނާއަށް މިނިސްޓްެރީގެ އާ މެނޭޖްމަންޓުން ކުރިމަތިވި "ފިއްތުންތަކާއި ބޭންއިންސާފު"ގެ އުދާސްތަކެވެ.
"2023ގެ ޑިސެމްބަރާ ހިސާބަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އަޅުގަނޑު ކުރަމުން އައި ހުރިހާ މަސައްކަތެއް އަޅުގަނޑު އަތުން އަތުލައި، މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން އަޅުގަނޑު ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ [ހެޑް އޮފް ޑިޕާޓްމަންޓް] ކަމުން ވަކިކޮށް، މިނިސްޓްރީގެ އިސް ވެރިންގެ މީޓިންތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އަޅުގަނޑު ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައި،" ޝޫޒާ ވިދާޅުވި އެވެ.
"އެއްވެސް އުޒުރެއް ނެތި، އެއްވެސް ސަބަބެއް ނުދައްކައި، ވީ ގޮތެއް ނޭނގިގެން މި ކަންތައް ސާފުކުރުމަށް އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓު ކުރިން. އެޕޮއިންޓްމަންޓެއް ވެސް ނުދިން. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދަމުން އައި މިނިސްޓްރީއަކުން މިވަނީ އަންހެނެއްގެ ހައްގު ނިގުޅައިގެންފައި."
‼️Watch👇
— Hassan Kurusee (@HKurusee) October 3, 2024
Ms. Shooza — Director of Elderly Dept at Gender Ministry who’s worked there for 17 years has been moved to Health when she didn’t resign.@aishathshiham & co removed her from committees & bullied her so much.
Watch her speech, she explains everything in plain… pic.twitter.com/cHgzREyrwk
އެއާ އެކު، ދެން އޭނާ ވަނީ "އިންސާނެއްގެ ހައްގު ނިގުޅައިގެންފައި"ވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިވިލް ސާވަންޓެއްގެ ހައްގު ނިގުޅައިގެންފައި"ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެން އިވެނީ އޭނާ ރޯ އަޑެވެ.
"ނިކަމެތި ރައްޔިތެއްގެ ހައްގު ނިގުޅައިގެންފައި،" ރޮމުން އޭނާ ވިދާޅުވި އެވެ.
"ވޯކް ޕްލޭސްެއެއްގައި އިންސާނަކަށް ނަފްސާނީ ގޮތުން ދެވޭނެ އެންމެ ބޮޑު ޓޯޗާ މި މިނިސްޓްރީން ވަނީ އަޅުގަނޑަށް ދީފައި."
ޝޫޒާ ވިދާޅުވި ގޮތުގައި، އެފަދަ ހާލަތަކަށް އަމަލު ކުރަމުންދަނީ އޭނާއާ މެދު އެކަންޏެއް ވެސް ނޫނެެވެ. މިނިސްޓްރީގެ "ވަރަށް ގިނަ މުވައްޒަފުން" ކުރަމުންދާ ބުރަ މަސައްކަތުގެ ބަދަލުގައި މިފަދަ ބޭއިންސާފު ކަންކަން ތަހަމަލްކުރަން ޖެހޭތީ ދެރަވެ ލަދުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝޫޒާ މިވާހަކަތައް ވިދާޅުވަމުން ގެންދެވިއިރު، ވަށައިގެން ތިބި ބައެއް އެހެން މުވައްޒަފުން ވެސް ރޯ މަންޒަރު ފެނެ އެވެ. ނުވަތަ މާޔޫސްވެ، އިސްދަށަށް ޖަހަގައިގެން ތިބި މަންޒަރު ފެނެ އެވެ.
ޝޫޒާ ތުހުމަތުކުރެއްވި ގޮތުގައި، އޭނާ "އަމިއްލައަށް ކެނޑިގެންދާ ހިސާބަށް" ކަންކަން ގެންދިޔަ އެވެ.
"[އެ] ހިސާބަށް ގެންދިއުމުން ވެސް [ވަޒީފާއިން] ވަކިވެގެން ނުގޮސް، ހިތްވަރާ އެކު ހިފަހައްޓާލީމާ، އެންމެ ފަހުން އަޅުގަނޑު މިނިސްޓްރީން ބޭރުކޮށްލަނީމި،" ފަހު ބަހަކަށް އޭނާ ވިދާޅުވި އެވެ.
ޝޫޒާ ވާހަަކަ ދައްކަވައި ނިންމެވުމާ އެކު، ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ހުސައިން ޝަރީފް އޭނާގެ ގައިގައި ބައްދާލައްވާ މަންޒަރު ފެނެ އެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް (2)
ހިމާރުލްގައުމު
ޞޮއްސު