އެމްއޭސީއެލްގެ އޮޕަރޭޝަން ޑިވިޝަނާއެކު ކުންފުނީގެ ވެރިން ބޭއްވި ބައްދަލުވުން (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

ޓޫރިސްޓު ސީޒަނަށް އެއާޕޯޓުގައި އާ ބެގެޖް ހޭންޑްލިން ނިޒާމެއް ތައާރަފްކުރަނީ

ޓޫރިސްޓް ސީޒަނަށް އެއާޕޯޓްގެ ޖާގަ ތަނަވަސްކޮށް އާ ޓާމިނަލްގެ ބައެއް ހުޅުވަން ވެސް އަންނަނީ މަސައްކަތް ކުރަމުން

މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ތައްޔާރުވުމުގެ ގޮތުން އާ ބެގެޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - އެމްއޭސީއެލް އިން ވަނީ ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ އެއާޕޯޓް އޮޕަރޭޝަންސް ޑިޒިޝަނުގެ ބައްދަލުވުމެއް މިއަދު ބާއްވައިފަ އެވެ. 

ތަފްސީލު - އެ ކުންފުނިން ބުނިގޮތުގައި ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަޕޯޓުގެ އޮޕަރޭޝަންތަކަށް ދިމާވެދާނެ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުމަށް މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.

ވިންޓާ ރެޑިނަސް މީޓިންގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ:

  • ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް 

  • އާ ސިސްޓަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިވެ، ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި

  • ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތަށް މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް އެއާޕޯޓްގެ އާލާތްތައް އަޕްގްރޭޑްކުރުމާއި ހިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވި

 ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ގުޅުން ހުރި - މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ތެރޭ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އާއި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުން އެއާޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު އައިސް ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދުވެސް އިތުރުވާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

އާލަމް

4 އޮކްޓޯބަރު 2024
ހައިރިސްކު ފުލައިޓް އެއް އެހެން އެއްޗެއް ބެލުމެއްނެތި ބާރުބޮޑުވާއިރަށް ޖެހުނުދިމާއަކުން މީހުންނާއި ތަކެތި ދޫކޮށްލާ ތަންސާފުކޮށްލެވުނީމަ އެނިމުނީ! އެއަރޕޯޓްގެ އެންމެ ރިސްކު ބޮޑު ދިމާތަކަށް ވެސް ބޭނުންވަގުތަކު ބޭނުންމީހަކު ވަދެގެންދަނީ ވަށައިގެން ދޮރުތަށް އެހުރީ ހުޅުވިފަ މީ ޙާލަތުހުރި ގޮތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް