ގައުމީ ތަރައްގީގެ ޕްލޭނަށް ޓެކްނިކަލް އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި އޮސްޓްރޭލިއާ ސަރުކާރާއެކު ސޮއިކުރުން (ފޮޓޯ/އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީ)
20 އަހަރުގެ ތަރައްގީގެ ޕްލޭނު އެކުލަވާލަން އޮސްޓްރޭލިއާގެ އެހީ ހޯދަނީ
ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ފެންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި ރާއްޖެއިން އޮސްޓްރޭލިއާ އާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.
ތަފްސީލް - ކުރިއަށް އޮތް 20 އަހަރަށް ރާއްޖެ ތަރައްގީ ކުރާނެ ގޮތް ކިޔައިދޭ، ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމަށް ސަރުކާރުން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހު އެވެ.
ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން ހެދުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ރައީސް މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި:
-
އެކަން ކުރާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް
-
ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކްހޯލްޑަރުންނާއި ކަމުވޮށިގެންވާ މީހުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބަސް އޭގައި ހިމަނާނެ
-
ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޕްލޭންގެ މަޝްވަރާތައް ކުރިއަށް ދާނެ
-
އިގްތިސޯދީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އާއި ހިންގުމުގެ ދާއިރާގެ އިތުރުން ސްޕޭޝަލް ޕްލޭނިން އާއި އާބަން ޑިވެލޮޕްމެންޓްއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރުން ވެސް އަންނާނެ
"އެކަމަކު މިކަމުގައި ލީޑު ކުރާނީ ދިވެހިން. ދިވެހި ގައުމިއްޔަތު ދެކެ ލޯބިވާ އެމީހުންގެ ހިޔާލާއި މަޝްވަރާ ހިމެނޭ ގޮތަށް ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.
ގައުމީ ތަރައްގީގެ ޕްލޭން ހަދާނީ ގާނޫނީ ބާރުވެރިކަމާއި ހިމާޔަތް ލިބޭނެ ގޮތަކަށް ކަމަށާއި ހާއްސަކޮށް، އެކަމަށް ވަކި ގާނޫނެއް ހައްދަވާނެ ކަމަށޤ ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް