ހާދިސާގައި ޒުވާނާގެ އިނގިލިތައް ހުޅުން ނެއްޓި އަދި އެއް އިނގިލި ޗިސްވެފައިވާ ތަން ފެންނަ އެކްސްރޭ އެއް

ރިސޯޓުތައް

ރިސޯޓެއްގެ ކުނި ނައްތާލާ މެޝިނަށް އޮޅިގެން ކަރަންޓު ދެވި، ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

އޭނާގެ ޝަހާދަތް އިނގިލި ޗިސްވެފައިވާއިރު، އެހެން އިނގިލިތައް ހުރީ ހުޅުން ނެއްޓި، ބޭރަށް ނުުކުމެފައި

ފޯ ސީޒަންސް ކުޑަހުރާގައި ކުނި ނައްތާލާ 'ސެގްރިގޭޝަން މެޝިން' އަކަށް އެހެން މީހަަކަށް އޮޅިގެން ކަރަންޓު ދެވި، މެޝިން ބޭނުންކުރަން ހުރި މުވައްޒަފު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ވީ ކިހިނެއް؟- 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ ހުރީ މެޝިން ނިވާލައި، އެ ސާފުކުރާށެވެ. އެކަމަކު އެހެން މުވައްޒަފަކަށް އޮޅިގެން މެޝިނުގެ ސްވިޗު އޮން ކޮށްލެވުމުން، މެޝިން އެނބުރި ގަތީ ޒުވާނާގެ އަތާ އެކު އެވެ. އެއާ އެކު އޭނާގެ ކަނާތުގެ އިނގިލިތައް ހުޅުން ނެއްޓި، އެއް އިނގިލި ވަނީ ޗިސްވެފަ އެވެ.

ޒުވާނާގެ އާއިލާއިން ބުނިގޮތުގައި:

  • އޭނާގެ ޝަހާދަތް އިނގިލީގެ ކަށިތައް ފުނޑި، އިނގިލި ވަނީ ޗިސްވެފައި

  • އެހެން އިނގިލިތައް ހުޅުން ނެއްޓި، އިނގިލިތައް ހުރީ މަސްގަނޑު ފަޅާލައި ބޭރަށް ނުކުމެފައި

ރޭ އެ ޒުވާނާ ވަނީ އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދީފަ އެވެ. އާއިލާއިން ބުނާ ގޮތުގައި:

  • އޮޕަރޭޝަނެއްކޮށް، ޝަހާދަތް އިނގިލި ފިޔަވައި އެހެން އިނގިލިތަކުގެ ހުޅުތައް ވަނީ އަޅުވާފައި

  • ޝަހާދަތް އިނގިލީގެ އޮޕަރޭޝަނެއް އަދި ހަފުތާއެއް ފަހުން ކުރަން ޖެހޭ

އާއިލާއިން ބުނާގޮތުގައި އެ ޒުވާނާގެ ހާލު މިހާރު ސްޓޭބަލް އެވެ.

ކޮމެންޓް (6)

profile-image-placeholder

ގުންނާސް

2 އޮކްޓޯބަރު 2024
މިފެންނަނީ ހިންގާ ރިސޯޓުތަކުގަ މަސައްކަތާ އެކަށީގެންވާގޮތަށް މުވައްޒަފުން ތަމްރީނު ކުރުމުގައި އިހުމާލު ވެފަ ހުރިވަރު ފަގީރު މުވައްޒަފު މީހާ އަށް ހުރިހާ ގެއްލުމެއް ރިސޯޓުގެ އޯނަރުން ޒިންމާއިން ބަރީއަ ވެފަ

ހިތަދޫ ހުސެން

2 އޮކްޓޯބަރު 2024
ސްވިޗް އޮފް ކޮއްފަ ކޭބަލްވެސް ޖެހޭ ސޮކެޓުން ނަގަން. އެސްއޯޕީ އަޕްޑޭޓް ކުރާނެ ކަމަށް ހީކުރަން

ފތނސ

2 އޮކްޓޯބަރު 2024
@ހިތަދޫ ހުސެން ސުވިޗް އޮން ކުރި މީހަކު ހުންނާނެތަ ކޭބަލް ހަރު ނުކޮށް؟ ކޭބަލް ވެސް ހަރުކުރާނެ ސްވިޗް އޮން ކުރަން ބޭނުންވާ މީހަކު. ތީގަ އޮތް ހައްލަކީ ކޭބަލް ވެސް ތިބުނިހެން ނައްޓާފަ، އެތަނުގަ ލިޔުމެއް ހަރުކުރުން، މެޝިނު ސާފު ކުރަނީ އޭ. އެކަމަކު މި ލިޔުން ވެސް ނުފެންނާނެ ގަސްތުގައި (އޮޅިގެން ކަމަށް ހެދިގެން) އޭތި އޮން ކުރާ މީހަކަށް.

ކަރުބުރޭ

2 އޮކްޓޯބަރު 2024
@ފތނސ ބުރޭކަރުވެސް ވައްޓަން ބުއްދިވެރިވާނެ.

އަލީ

2 އޮކްޓޯބަރު 2024
ހުރިހާ ހަރަދެއް ދޭން ޖެހޭނެ އިހުމާލުވި ފަރާތުން

މުހައްމަދުޞ

3 އޮކްޓޯބަރު 2024
@އަލީ ހުރިހާ ހަރަދެއް ރިސޯޓުން ހަމަޖައްސާނެ، އަދި ލިބުނު ގެއްލުމުގެ ބަދަލެއް އިންޝުއަރެންސް އިން ލިބޭނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް