"ހަމްދު" ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ (ފޮޓޯ/ އެމްއެންޑީއެފް)

ރޯވި ފެން ދޯނި ވަރަށް ބޮޑަށް އަނދައިފި؛ އެންމެންގެ ހާލު ރަނގަޅު: އެމްއެންޑީއެފް

ދޯނިން ދަތުރުކުރަމުން ދިޔައީ 4 މީހުން؛ އެއީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދިޔަ ދޯންޏެއް
29 ސެޕްޓެމްބަރު 2024

ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ ރޯވި ދޯނީގެ ބޮޑުބައެއް އަނދާފައިވާ ކަމަށާއި ނަމަވެސް އެއިން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ވީ ކިހިނެއް؟- އެމްއެންޑީއެފުން ބުނީ "ހަމްދު" ކިޔާ މުދާ އުފުލާ ދޯންޏެއްގައި މިއަދު ރޯވެގެން ރިޕޯޓްކޮށްފައިވަނީ ހެނދުނު 7:20 އެހާއިރު ކަމަށެވެ. 

ތަފްސީލް - އެމްއެންޑީއެފުން ބުނި ގޮތުގައި:

  • އެއީ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއް

  • ރޯވީ ދޯނީގެ އިންޖީން ރޫމްގައި

  • ދޯނިން ދަތުރުކުރަމުންދިޔައީ 4 މީހުން، އެންމެންގެ ހާލު ރަނގަޅު

  • ދޯނީގެ ބޮޑުބައެއް ވަނީ އަނދާފައި

  • ރޯވި އަލިފާންގަނޑުގެ %80 މިހާރުވަނީ ކޮންޓްރޯލްކުރެވިފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް