ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި ރޯވެ އަނދަނީ.

ކުޑަހުވަދޫ ކައިރީގައި އޮތް މަސް ދޯންޏެއްގައި ރޯވެއްޖެ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވޭ
29 ސެޕްޓެމްބަރު 2024

ދ. ކުޑަހުވަދޫ ކައިރީގައި އޮތް މަސް ދޯންޏެއްގައި މިއަދު ރޯވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި ރޯވެގެން ފުލުހުންނާއި ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.

އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކުޑަހުވަދޫ ކައުންސިލުން ބުނީ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދިނުމަށް އަދި އިތުރު ކަމަކަށް އެ ރަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް