ހައްޖު ކޯޕަރޭޝަނުގެ ހައުސިން މަޝްރޫއުގެ ޑިޒައިން މަސައްކަތް އެފްޑީސީއާ ހަވާލުކުރުން (ފޮޓޯ/އެފްޑީސީ)
ހައްޖު ކޯޕަރޭޝަނުގެ ހައުސިން މަޝްރޫއު ޑިޒައިންކުރަން އެފްޑީސީއަށް
ހައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ޑިޒައިން ހިދުމަތް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަސައްކަތުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނާއި އެފްޑީސީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
އެފްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
-
ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
ތަފްސީލް - އެފްޑީސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެއްބަސްވުމުގެ މަގުސަދަކީ ހައްޖު ކޯޕަރޭޝަނުގެ ހައުސިން މަޝްރޫއު، 'ނިއަމް ރެސިޑެންސް'އަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާ އެކު، ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އެ ކުންފުނިން ބުނީ:
-
ކުންފުންޏަށް ފަސް އަހަރު ފުރުމާ ދިމާކޮށް އަދި ކުންފުނީގެ މެންޑޭޓަށް އައި ބަދަލާ އެކު އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތައް ކުރަމުން އެބަދޭ
-
ހައްޖު ކޯޕަރޭޝަނުގެ އިތުރުން އިިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ގޭހާ އެކު ވެސް އެއްބަސްވުންތައް ހަދައި އެފަދަ ހިދުމަތްތައް ދެމުން އެބަދޭ
-
މިއީ ކުންފުންޏަށް އިތުރު ފުރުސަތުތައް ލިބޭނެ މަސައްކަތެއް
ހައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ ހައުސިން މަޝްރޫއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.
ކޮމެންޓް (1)
ކޮސް