މާލޭގެ ބޭރު މަގުގައި ކުޑަކުދިންތަކެއް ކުޅެނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރޯގާ/ހުން

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ހަލުއިކަމާ އެކު ކުޑަކުދިންގެ މެދުގައި ފެތުރެނީ

ބަލިން ރައްކާތެރިވުމަށް، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ
25 ސެޕްޓެމްބަރު 2024

ނޭވާލާ ނިޒާމަށް ޖެހޭ، ރެސްޕިރޭޓަރީ ސިންޝިއަލް ވައިރަސް (އާރުއެސްވީ) ހަލުއިކަމާއެކު ފެތުރެން ފަށައިފި އެވެ. މި ބަލި އެންމެ އާންމުކޮށް ފެތުރެނީ ކުޑަކުދިންގެ ތެރޭގަ އެވެ.

ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި ކުޑަކުދިންގެ މެދުގައި އާރުއެސްވީގެ ކޭސްތައް އިތުރުވެ، ހާލަތު ވަނީ ގާތުން މޮނީޓާ ކުރަން ފަށައިފި އެވެ. އެހެންވެ، ބަލި އިތުރަށް ނުފެތުރޭނެ ގޮތަކަށް، މި ދުވަސްވަރު އާއްމުން ބަލައިގެން އުޅުމަށް އެތަނުން އިލްތިމާސް ކުރެ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަ ކުރީ:

  • ރަނގަޅަށް އަތްދޮވުން

  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން

  • މާސްކް ފަދަ ތަކެތި އަޅައިގެން ބޭރަށް ނުކުތުން

މި ބައްޔާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކުރިން ވިދާޅުވި ގޮތުގައި މިއީ ވައިރަސްއަކުން ޖެހޭ، ބޮޑަށް ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. މި ބަލީގައި ހުމާ އެކު އަރިދަފުސް ފަދަ އަލާމާތްތައް، އިންފްލުއެންޒާއަށް ވުރެ ބޮޑަށް ފާޅުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވި ގޮތުގައި:

  • ބަލީގެ އަސަރު ބޮޑަށް ކުރަނީ އުމުރުން ހަގު ކުދިންނަށް

  • މޭގައި އަރިދަފުސް ހިފާފައި ހުންނަ ގޮތްވެ، ކުޑަކުދިން ނޭވާލުމުގައި ދަތިކަމެއް ކުރިމަތިވޭ

  •  އާރުއެސްވީ ޖެހޭ ތުއްތު ކުދިން ހަފުތާއެއް ނުވަތަ 10 ދުވަހަށް ބަލި ދިގުލައިގެން ދޭ 

  • ބޮޑަށް ބަލިވާ ކުދިން އެއަށް ވުރެ ގިނަ ދުވަހަށް ބަލި ދިގުލައިގެން ދޭ

އެޗްޕީއޭ އިން ވަނީ ހުން އައުމާއި ކެއްސުމާއި ނޭވާލުމަށް އުނދަގޫވާނަމަ، ވީއެންމެ އަވަހަކަށް ޑޮކްޓަރުގެ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް