ހުޅުމާލޭގައި ވެހިކަލް ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް. ޕާކިން ޖާގައަށް އެދުމަށް މިހާރު ވަނީ ހުޅުވާލާފައި (ފޮޓޯ/އެޗްޑީސީ)

ހުޅުމާލެ

ހުޅުމާލޭގައި ޕާކު ކުރާނެ ޖާގައަށް އެދެން ހުޅުވާލައިފި، މަހު ކުއްޔަކީ 2،000 ރުފިޔާ

ޖާގަ ދޫކުރުމުގައި އިސްކަންދޭނީ ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމަށް އެޗްޑީސީން ބުނޭ
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމުކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތަކަށް އެދި ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ތަފްސީލް - އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގެ އަށް ޒޯނަކުން، 1،375 ޕާކިން ޖާގަ ވަނީ ގާއިމުކޮށްފަ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޖާގަތަކުގެ މަހު ކުއްޔަކީ 2،000 ރުފިޔާ ކަމަށް އެތަނުން ބުންޏެވެ.

މި ޖާގަތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:

  • 18 އަހަރުވެފައިވާ ދިވެއްސަކަށްވުން

  • ކުރިމަތިލާ މީހާގެ ނަންމަތީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1ގެ އުޅަނދެއް އޮތުން

  • މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވުން

އެޗްޑީސީން ބުނިގޮތުގައި ޕާކިން ޖާގަ ދޫކުރުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ.

ޖާގަ ދޫކުރުމުގައި އިސްކަން ދޭނެ ތަރުތީބަކީ:

  • ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން

  • އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން

  • މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން

އެޗްޑީސީން ބުނީ ޖާގަ ދޭނެ މީހުން ހޮވާނީ ޝަރުތު ހަމަވާ އެންމެންގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ. ޖާގައަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު 1 އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް