މާލެ ސަރަހައްދުގެ ހުއްދަ ނެތް ކާރެއް ލައިސަންސް ވެސް ނެތި ހުޅުމާލޭގައި ދުއްވި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހާ

ފުލުހުން

ފުލުހުން އެންގުމުން ކާރުން ނުފައިބައި ތަޅުލި މީހަކު ހައްޔަރުކޮށްފި

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ކާރު ހުއްޓުވި އިރު އެ ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ވެސް ނެތް
13 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ރޭ ދަންވަރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވި އިރު ދުއްވަން އިން މީހާ އެއިން ފައިބަން ދެކޮޅު ހަދައި ކާރު ތަޅުލުމަށް ފަހު ފިލަން އުޅުމުން ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ތަފްސީލް - ފުލުސް އޮފީހުން ބުނީ ރޭ ދަންވަރު ހުޅުމާލޭ މަގުމަތީގައި، ފުލުހުން ވެހިކަލް ޗެކްޕޮއިންޓްތައް ހަދައިގެން ހަރަކާތްތެރިވުމުގެ ތެރޭ އެ ކާރު ހުއްޓުވައިގެން ބެލިއިރު ގަވައިދާ ހިލާފު ކަންތައްތަކެއް ފާހަގަވި ކަމަށެވެ.

އެއީ:

  • ކާރު ރަޖިސްޓްރީކޮށްފައި އޮތީ ސީ-ޒޯންއަށް

  • ކާރު ދުއްވަން އިން ހަސަން ސައީދު، 38، ރ. އަލިފުށި/ސިތުރާ، އަތުގައި ކާރު ދުއްވުމުގެ ލައިސަންސް ނެތުން

ފުލުހުން ބުނީ ލައިސަންސް ނެތި ކާރު ދުއްވުމާއި ސައްހަ ނޫން ނަމްބަރު ޕްލޭޓެއް ހަރުކޮށްފައިވާތީ އެ ކާރު ޓޯކުރަން އުޅުމުން ކާރު ދުއްވަން އިން މީހާ އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ކާރުން ނުފައިބާ، އުޅަނދު ތަޅުލައި ފުލުހުންގެ ދައުރަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން، ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ފަސްމަންޒަރު - މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވާތީ ފުލުހުން އަންނަނީ މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި، ޗެކް ކުރުމަށް އެކި ސަރަހައްދުތަކުގައި ޗެކް ޕޮއިންޓުތައް ހަދައިގެން ހަރަކާތްތެރިވަމުން ދެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް