މާލޭގެ މަލަމަތި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާލެ ކިޔާއިރު ކުރިއަށް އަތޮޅު ނުހިމަނަން މިނިސްޓަރު އެދިވަޑައިގެންފި

ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިރަށެއްގެ ގޮތުގައި އޮންނަނީ މާލެ. ކ. އަތޮޅުގެ ރަށެއްގެ ގޮތުގައެއް ނޫން ކަމަށް އޭނާ ވިދާޅުވި
13 ސެޕްޓެމްބަރު 2024
6

ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށް ކިޔާ އަދި ލިޔެ ހަދާއިރު، ކުރިއަށް އަތޮޅު ނުހިމަނަން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި އޮންނަ ގޮތުން ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ އެވެ. އެކަމަކު އެގޮތަށް ބަޔާންކޮށްފައި އޮންނައިރު، ވެރިކަން ކުރާ ރަށަކީ ކ. މާލެ ކަމަށް ނޯންނަ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާ އެދިވަޑައިގެންނެވީ މާލެ ލިޔެކިޔެ ހަދާއިރު، ކ. އަތޮޅުގެ ރަށެއްގެ ގޮތުގައި ނުހިމެނުމަށެވެ. 

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި:

  • ސަރުކާރުގެ ގިނަ ލިޔުންތަކުގައި ކ. މާލެއެއް ލިޔެފައި ނޯންނާނެ

  • ކ. އަތޮޅުގައި އޮތް ނަމަވެސް ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީ، މާލެ ލިޔާއިރު ކުރިއަށް ކ. އިތުރުކޮށްގެން ނުކިޔާނެ

މިނިސްޓަރު ވިދާޅުވީ މާލެ ކިޔާއިރު އަތޮޅު ހިމަނައިގެން ކިޔުމަކީ މިހާރަކަށް އައިސް ގިނައިންކޮށް އުޅޭ ކަމެއް ކަމަށާއި އެއީ ގާނޫނުގައި އޮންނަ ގޮތާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

"މިއީ ކުޑަކަމެއް ނޫން. ރަނގަޅު ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (6)

profile-image-placeholder

ކޮސް

15 ސެޕްޓެމްބަރު 2024
ދެން އިވޭނީ ދިވެހިރާއްޖެއިން " ދިވެހި " ކަނޑާލަން ބުނާއަޑު. ޤައުމިއްޔަތު މިއޮއް ފުމެއަރަނީ.

ސުނާރު

14 ސެޕްޓެމްބަރު 2024
އާދެ އާދެ އެއްގޮތަކަށްވެސް ކިޔާގެން ނުވާނެ، ކ އަތޮޅުއެއީ މާ ފެންވަރު ދައްބަޔެއް އުޅޭ ތަނެއް، މީ “ސްރީ މާލެ “އިނގިއްޖެ

ހެހެހެ

13 ސެޕްޓެމްބަރު 2024
ޕާސްޕޯޓް ގަވެސް އޮންނަނީ ކ މާލެ

ސަލްމާ

13 ސެޕްޓެމްބަރު 2024
ތައުބާވާން ޖެހޭވަރުގެ ކަމެއް.

ވާސަރީ

13 ސެޕްޓެމްބަރު 2024
ފައިނު މާވަޑި އުމަރުބެގެ އާދަނާއެވެ. ގާނޫނާ ހަވާލާދީ ދައްކަން ތިޔައީވާ ހާދަހައި ބޮޑު މައްސަލައެކެވެ. އާދަނަށްވުރެ ކުރިން ހަމަ އެކަކަށްވެސް ތިޔާ ކަންތައް ރެޔަކާނުލިދޯއެވެ. ވާސަރީއެވެ.

ލޮލް

13 ސެޕްޓެމްބަރު 2024
ނޫންކަމަށް ހެދެން ނޫޅޭ. ހަމަ ކ. މާލެ. އިންޝާﷲ ވެރިރަށް ކޮންމެ ދެ ދައުރަށް ތަފާތު ރަށެއްގޮތަށް ހަދާނަން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް