ނ. ހޮޅުދޫ: އެ ރަށަށް ފުލުހުންގެ ހާއްސަ ޓީމެއް ވަނީ ފުރާފައި.

ހޮޅުދޫ މަރުގެ ތަހުގީގަށް ހާއްސަ ޓީމެއް އެ ރަށަށް ފުރައިފި

އެ ރަށުގައި ކަރުގައި ބޮޑެތި ޒަހަމްތަކަކާ އެކު 50 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު
10 ސެޕްޓެމްބަރު 2024

ނ. ހޮޅުދޫގައި ކަރުގައި ބޮޑެތި ޒަހަމްތަކަކާ އެކު އަންހެނަކު މަރުވެފައި އޮއްވާ މިއަދު ފެނުނު މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ފުރައިފި އެވެ.

ވީ ކިހިނެއް؟ - ހޮޅުދޫގައި ޒަހަމްތަކަކާ އެކު 50 އަހަރުގެ އަންހެނަކު އޮތް ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނި ގޮތުގައި، އެ ރަށު ސިއްހީ މަރުކަޒުން އެ މީހާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވެ އެވެ.

ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި:

  • މަރުވެފައި އޮއްވާ ފެނުނީ ޒަކިއްޔާ މުސާ، މާރަނގަ/ހޮޅުދޫ 

  • އޭނާގެ ކަރުގައި ވަޅި އަޅާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނުން

  • އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު، ކުނި ކަހަން ނުކުމެ އުޅުނު ބަޔަކަށް

ތަފްސީލް - އެ މަރާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރުމަށް މާލެ އިން ހާއްސަ ތަހުގީގު ޓީމެއް މިހާރު ހޮޅުދުއަށް ފުރާފައިވާ ކަމަށެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް