މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ.

ހޮޅުދޫގައި އަންހެނަކު ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރަށު ޒަކިއްޔާ މޫސާ

ނ. ހޮޅުދޫގައި އަންހެނެއްގެ ކަރުގައި ވަޅި އަޅައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހޮޅުދޫގައި ޒަހަމްތަކަކާ އެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ރަށު ސިއްހީ މަރުކަޒުން އެ މީހާ މަރުވެފައިވާކަން ކަށަވަރުކޮށްދޭ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިކަމާ ގުޅިގެން ފުލުހުން ދަނީ [އެ ރަށުގައި] ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

ތަފްސީލް - ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި:

  • މަރުވެފައި އޮއްވާ ފެނުނީ ޒަކިއްޔާ މުސާ، ނިއުލައިފް/ހޮޅުދޫ 

  • އޭނާގެ ކަރުގައި ވަޅި އަޅާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނުން

"ފެނުނީ ކުނި ކަހަން ނުކުމެ އުޅޭ މީހުންނަށް، މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެ މީހާ ބުންޏެވެ.

ކޮމެންޓް (2)

ޚަދީޖާ

10 ސެޕްޓެމްބަރު 2024
ކުނިކަހަން ނިކުމެ އުޅޭ މީހުން ގުދަނަށް ކުނި ކަހަންވަނީމަތޯ ފެނުނީ، އެހެން އެނގޭ ގޮތަށް ސާފްކޮށް ލިޔެލިނަމައެއްނުންދޯ..
15 1

ޞސބސބސބސ

10 ސެޕްޓެމްބަރު 2024
@ޚަދީޖާ ލޭގެ އަސަރު ހުރެއްޖިއްޔާ ބަލާނެންނު
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް