އައިޖީއެމްއެޗް ކައިރިން މަގުމަތި: މާލެ ތެރޭގައި މިދުވަސްވަރު ރޯގާތައް ގިނަ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ދިގުދެމިގެންދާ ހުމެއް މާލޭގައި ފެތުރެނީ
ފަސޭހަ ނުވެ ގިނަ ދުވަސްވާ ހުމެއް މާލޭގައި ފެތުރެން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވިއްސާރަ ދުވަސްތަކަކަށް ފަހު މޫސުން އަލިކޮށްލި އިރު، ފަސޭހައިން ގައިން ގަޔަށް އަރާ ރޯގާތަކާއި ވައިރަލް ހުންތައް މި ދުވަސްކޮޅު މާލޭގައި ދަނީ ފެތުރެމުންނެވެ. އޭގެ ތެރެއިން ވެސް ފަސޭހަ ނުވެ ގިނަ ދުވަހަށް ދެމިގެންދާ ހުމެއް ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ތަފްސީލް - 'ދައުރު'އާ ވާހަކަ ދެއްކެވި ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، އާދައިގެ ވައިރަލް ހުމުގެ އަލާމާތްތައް ހުރި ނަމަވެސް، މި ހުމުގައި އެންމެ ބޮޑު މައްސަަލައަކީ ރަނގަޅު ނުވެ ގިނަ ދުވަސް ވުމެވެ.
"ގާތްގަނޑަކަކަށް ތިން ހަފުތާ ވެސް އެބަދޭ ހުން ވިހެނުލައި. އެހެންވެ، ވަރަށް ބޮޑަށް އެބަ މީހާ ޑީހައިޑްރޭޓްކޮށްލާ،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ބަލި އެންމެ ފަސޭހައިން ޖެހެނީ ކުޑަކުދިންނަށް
-
ބަލީގެ އަލާމާތެއްގެ ގޮތުން ގަދައަށް ހުން އައިސް، ގައިގާ ރިއްސުމާއި ބައެއް ފަހަރަށް ހޮޑުލުން
ހުން އަތުވެއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާއެއްޗެހި ދިނުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އޭގެ އިތުރުން:
-
ހުން ނުފިލައި ގިނަ ދުވަސްވާ ނަމަ، ޑޮކްޓަރަށް ދެއްކުން
-
މީހުން އެއްވެ އުޅޭ ތަންތަނަށް ގިނައިން ކުޑަކުދިން ނުނެރުން
ރާއްޖޭގައި އާއްމުކޮށް މިގޮތަށް ތިން ވައްތަރެއްގެ ހުމެއް ފެތުރެ އެވެ. އެއީ އިންފްލުއެންޒާ ރޯގާގެ އިތުރުން ރެސްޕިރޭޓަރީ ސިންޝިއަލް ވައިރަސް (އާރުއެސްވީ)ގެ އިތުރުން ޑެންގޫ ހުމެވެ.
މިއީ ވިއްސާރަ މޫސުން ކަމުން މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުން ރަށްރަށުގައި ފެތުރޭ މިންވަރު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮމެންޓް (2)
ހިމާރުލްގައުމު
އިބްރާހިމް