'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރައީސް މުއިއްޒު މިއަދު ހަވާލުކުރައްވަނީ

ގައުމީ އިނާމު

މަރުހަބާ؛ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފަށް

މޫސަ ނޫސްވެރިކަމުގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރައްވާތާ މިހާރު ވަނީ 35 އަހަރު ވެވަޑައިގެންފައި
4 ސެޕްޓެމްބަރު 2024

ނޫސްވެރިކަމުގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 'ދައުރު'ގެ ޗީފް އެޑިޓަރު މޫސާ ލަތީފްއަށް ލިބިވަޑައިގެންފި އެވެ. 

ވީ ކިހިނެއް؟ - ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ހަފްލާގައި ނޫސްވެރިކަމުގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މޫސާ ލަތީފަށް އެރުވީ ރައީސް މުހައްމަދު މުއިއްޒު އެވެ. 

ތަފްސީލް - ހއ. ދިއްދުއަށް އުފަން މޫސާ ލަތީފް ނޫސްވެރިކަމުގެ ތެރެއަށް، ވަޒީފާއެއްގެ ގޮތުގައި ވެންނެވީ 1989 ގައި، އޭރުގެ 'ހަވީރު' ނޫހަށެވެ. އޭނާ ވަނީ 'ހަވީރު'ގެ ރިޕޯޓަރުގެ މަގާމުން ފެށިގެން އެ ނޫސް ބަންދުކުރަން ދެން އެޑިޓަރުގެ ޒިންމާ ވެސް އުފުއްލަވައިފަ އެވެ. އަދި އެއަށް ފަހު އުފެއްދި 'މިހާރު' ނޫހުގެ އެޑިޓަރުކަން ވެސް މޫސާ ލަތީފު ކުރެއްވި އެވެ.

'ދައުރު' އުފައްދަން މަގާމުން އިސްތިއުފާ ދެންދެން މޫސާ ލަތީފް ހުންނެވީ 'މިހާރު'ގެ އެޑިޓަރުގެ މަގާމުގަ އެވެ.

ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2001ގައި މޫސައަށް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރަށް: 

  • ނޫސްވެރިކަމުގެ ރަން ޔޫބީލް އަހަރުގެ 'ރިހި' ގަލަމާއި، ނޫސްވެރިކަމުގެ 'އަލިމަސް ޔޫބީލް'ގެ އެވޯޑް ވަނީ ލިބިވަޑައިގެންފައި 

  • މެލޭޝިއާގެ ލިމްކޮކް ވިން ޔުނިވަސިޓީން މާސް ކޮމިޔުކޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވޭ 

މޫސާ ލަތީފް ގެންދަވަނީ ތަފާތު އެކި މައުލޫއުތަކަށް ލިއުއްވުމުގެ އިތުރުން، ފޮތާއި ވާހަކަ ވެސް ނެރުއްވާފައިވެ އެވެ. އަދި އިޖުތިމާއީ އެކި މައުލޫތަކަށް ޕޮޑްކާސްޓެއް ވެސް އަންނަނީ ގެނެސްދެއްވަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް