ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް ތައްޔާރުވަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ކުށް ކިޔާތީ ހަތީބުންގެ ލިސްޓު އަލުން މުރާޖައާ ކުރަނީ
މާލެ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ހުކުރު ދުވަހު އިމާމުން ހުތުބާ ކިޔާއިރު ގިނައިން ކުށް ޖެހޭތީ، ހަތީބުންގެ ދަފުތަރު އަލުން މުރާޖައާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބައެއް ހަތީބުން ހުތުބާ ކިޔާއިރު ކޮށިވުމާއި ގިނައިން ކުށް ޖެހުމާއި މާ އަވަސް އަވަހަށް ކިޔުން ފަދަ ޝަކުވާ މި ފަހަކުން ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އިސްލާމިކް މިނިސްްޓްރީން ބުނީ އެ ފަދަ ޝަކުވާތައް އެތަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެެ.
ތަފްސީލް - އެ މިނިސްޓްރީން ބުނި ގޮތުގައި:
-
ޝަކުވާތަކާ ގުޅިގެން ހަތީބުންގެ ލިސްޓު މި ހަފުތާ ތެރޭގައި މުރާޖައާ ކުރާނެ
-
ލިސްޓުގައި ދެން އިސްކަން ދޭނީ އެންމެ ގާބިލް އަދި ހުނަރުވެރި ހަތީބުންނަށް
އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ހުތުބާ ކިޔާ މީހުން ތަމްރީނު ވެސް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސަައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ، ޒުވާން ހަތީބުން އުފެއްދުމުގެ ޕްރޮގްރާމުން މިހާތަނަށް ވަނީ 300 މީހުން ތަމްރީނު ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1.000 އިމާމުން އުފެއްދުމެވެ.