މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް އަމީރު. (ފޮޓޯ/ އެމްޑީޕީ)
ބީއެމްއެލްއަށް ބަގާވާތުގެ ތުހުމަތުކުރުމަކީ އިގްތިސާދު ފުނޑުފުނޑުވާވަރު ނުރައްކާތެރި ކަމެއް: އަމީރު
ސަރުކާރުން ކުރަމުންދާ ބަގާވާތުގެ ތުހުމަތާއެކު ބޭރު ދުނިޔޭގައި ބީއެމްއެލްގެ އިތުބާރު ގެއްލި ރާއްޖޭގެ މުޅި އިގްތިސާދު ފުޑިގެން ހިނގައިދާނެ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްއާ، އިދިކޮޅު ސިޔާސީ ފަރާތްތައް ވެގެން ސަރުކާރު ވައްޓާލުމަށް ބަގާވަތް ކުރަން އުޅުނުކަމަށް ރޭ ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އަދި އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ފުލުހުން ވަނީ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.
ތަފްސީލް - މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އިގްތިސާދެއްގެ އެންމެ މުހިންމު އެއްޗަކީ އިތުބާރު ކަމަށާއި އެކަން ގެއްލިގެންދާނެ އެއްވެސް ކަމެއް ދައުލަތަކުން ކޮށްގެން ނުވާނެ ކަމަށެވެ.
ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް އިތުބާރު ގެއްލޭގޮތަށް ރައީސްއަކު ވާހަކަދެއްކެވުމަކީ ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ދުނިޔޭގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އަޅުގަނޑު ރައީސް މުއިއްޒަށް ވެސް އަދި ސަރުކާރަށް ވެސް އިލްތިމާސްއެއް ކޮށްލަން ބޭނުންވަނީ ތިގޮތަށް ތިކަން ނުކުރައްވާށޭ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ބަހާއެކޭ ބީއެމްއެލްއަކީ. ބީއެމްއެލް ފެއިލްވެގެންދާއިރު މުޅި އިގްތިސާދު ފުޑިގެންދާނެއޭ. ތިކަން ތިގޮތަށް ނުކުރައްވާށޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވިގޮތުން:
-
މިހާލަތަށް ރާއްޖޭގެ އިގްތިސާދު ދިޔައީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން
-
މިހާރު ވެގެން އުޅޭ ގޮތަކީ މި ސަރުކާރުގައި ދައުލަތް ހިންގަން ހުރި އެއްވެސް އިސް ފަރާތަކަށް ބޭރު ދުނިޔޭގެ އެއްވެސް އިތުބާރެއް ނެތުން
-
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބަގާވާތެއް ކުރާ ވާހަކަ ރައީސް ދައްކަވާ ނަމަ އެ ބުނެވެނީ ބީއެމްއެލްގެ ބޯޑުގައި ތިބީ ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ފަރާތްތަކެއް ކަމަށް
-
އެހެންވެއްޖެނަމަ ދުނިޔޭގެ އެހެން ބޭންކުތަކުން ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލި ކްލިއަރިން ހުއްޓާލަފާނެ؛ އޭރުން އިގްތިސާދަށް ދިމާވާނެ ދަތިތަކާ މެދު ސަރުކާރުން ވިސްނަންޖެހޭނެ
އަމީރު ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި ވާހަަކަދައްކަވަނީ އެ ޕާޓީގެ ރައީސްކަމަށް ވެގެންނުވާނެ ކަމަށާއި ކޮންމެ ވާހަކައެއް ވެސް ދައްކަވަންވާނީ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.
"ރޭގައި ހަމަ އަޅުގަނޑު ޕޮލިސްގެ އެ ބަޔާން ފެނުމުން ހިތަށް އެރީ ހޭނީތޯ ނުވަތަ އެއިންތަނެއްގައި އިނދެގެން ރޯނީތޯ ނޭނގިގެން އަޅުގަނޑު [އުޅުނީ]. އޭގެ ޖޯކުކަން ބޮޑުކަމުން،" އަމީރު ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ ނުވަ މަސް ދުވަސްތެރޭގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނާޒުކު ހާލަތެއްގައި އޮއްވާ ކުއްލިއަކަށް އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ތެރެއިން ބަދަލުކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް (2)
ތެފައާސާ.
އަލްމަނަކް