ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި (ފޮޓޯ/ކަސްޓަމްސް)

ވައިގެ މަގުން އެތެރެކުރަން އުޅުނު 11 ކިލޯގެ ޑްރަގު އަތުލައިގެންފި

އެތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ތަފްސީލު - އެގޮތުން މި މަހުގެ14 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރި އިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަޖެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

 ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

  • މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680ގ ހުރި

  • މިތަކެތީގެ މަގުމަތީ އަގަކީ 960,000ރ

މީގެ އިތުރުން، 2024 އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ

  • ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740ގ ހުރި

  • ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10.2 ކިލޯ ހުރި

  • . މިތަކެތީގެ މަގުމަތީ އަގަކީ 8.9 މިލިއަން ރުފިޔާ

ކަސްޓަމްސް އިން ބުނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯ ހުރި ކަމަށެވެ.

މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓް (1)

profile-image-placeholder

ނަޖާހު

27 އޯގަސްޓު 2024
ޢަތުލައިގަންނަންވީ އެމީހުން ވަޤުތުން މަރަން ހުކުމް ކުރަންވީ މިހަރުކަށި ޤާނޫނު ހަދާއިރުވެސަ މިމީހުން ކަޑަކޮށްވެސް ޖެހިލުމެއްނުވާ މީވާ ރާއްޖެއަށް ޖެހިފައޮތް މުސީބާތެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް