ރާއްޖެއިން ފުރަން ދިޔަ ބަންގަލްދޭޝް މީހާގެ ލަގެޖުން ހޯދި ޑޮލަރުތައް

ވަގަށް ބޭރު ކުރަން އުޅުނު 81،000އެއްހާ ޑޮލަރު ހިފަހައްޓައިފި

ޑޮލަރުތައް ހުރީ ކޯންފްލެކްސް އެތެރޭގެ އޮންނަ ޕެކެޓަކަށްލައި ބަންދުކޮށްލާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރަން ދިޔަ ބިދޭސީއަކު ބޭރު ކުރަން އުޅުނު 81،000އަށް ވުރެ ގިނަ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެ ޑޮލަރުތައް ހިފަހައްޓާފައި ވަނީ ބަންގްލަދޭޝްގެ ޑާކާއަށް، ބަންގުލާ އެއާލައިނުން ދަތުރު ކުރަން ދިޔަ އެ ގައުމުގެ ރައްޔިއްތެއްގެ ލަގެޖުންނެވެ.

 އެ ލަޖެގުން 81،030 ޑޮލަރު (1.2 މިލިއަން ރުފިޔާ) ހޯދާފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޕޯސްޓުގައި އެ ތަކެތި އަތުލައިގަތް ވީޑިއޯ އާއި ފޮޓޯ ވެސް އާންމުކޮށްފައިވެ އެވެ. އެގޮތުން:

  • އެ ޑޮލަރުތައް ބޭރު ކުރަން އޭނާ މަސައްކަތްކޮށްފައި ވަނީ ކޯންފްލެކްސް ފޮއްޓަކަށް އަޅައިގެން

  • ޑޮލަރުތައް ހުރީ ކޯންފްލެކްސް ޕެކެޓް ތެރޭ އޮންނަ ފޮއިލް ޕެކެޓަށް އަޅައި ބަންދުކޮށްފައި

  • އޭނާއަށް އެ ޑޮލަރު ދިނީ، "ޗަންޕާ ގެސްޓް ހައުސްގައި ހުރި މީހެއް" ކަމަށް އޭނާ ބުނާ އަޑު ވީޑިއޯއިން އިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް